އުދައިގެ ސަބަބުން 451 ގެއަކަށް އަދި ރޯޅިއެއްގެ ސަބަބުން ތިން ގެއަކަށް ގެއްލުން ލިބިފައިވޭ

މި ދެ ދުވަހު މިހާތަނަށް އުދައިގެ ސަބަބުން 451 ގެއަކަށް ރޯޅިއެއްގެ ސަބަބުން ތިން ގެއަކަށް ގެއްލުން ލިބިފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ. އެގޮތުން އެން...

02 Jul 2022 | 16:37

މި ދެ ދުވަހު މިހާތަނަށް އުދައިގެ ސަބަބުން 451 ގެއަކަށް ރޯޅިއެއްގެ ސަބަބުން ތިން ގެއަކަށް ގެއްލުން ލިބިފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެގޮތުން އެންޑީއެމްއޭއިން ބުނެފައިވަނީ އިއްޔެއާއި މިއަދު 11 އަތޮޅެއްގެ 34 ރަށަކަށް އުދައިގެ އަސަރުކޮށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށެވެ.

"މިހާތަނަށް 451 ގެއަކަށް އުދައިގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ރިޕޯޓްކުރެވިފައިވޭ. ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކައުންސިލް އިދާރާތަކުން ގެންދަވަނީ ކުރައްވަމުން." އެންޑީއެމްއޭއިން ބުނެފައިވެއެވެ.

އެ އޮތޯރިޓީން ބުނެފައިވަނީ އިޖާބަދިނުމަށް ބޭނުންވާ ތަކެއްޗާ ބޯހިޔާވަހިކަން ބޭުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ސިފައިންނާއި ކައުންސިލް އިދާރާތަކާއި ގުޅިގެން މިގެންދަނީ ކުރަމުން ކަމަށެވެ.

މީގެ އިތުރުން މިއަދު ށ. ބިލަތްފަހިއަށް "ރޯޅި" އެއް އަރައި ތިން ގެއަކަށް ގެއްލުން ލިބިފައިވާކަން އެންޑީއެމްއޭއިން ފާހަގަކޮށްފައިވެއެވެ.

އުދައިގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުގެ އަޕްޑޭޓް:

އައްޑޫ ސިޓީ:

  • އައްޑޫ އަތޮޅު މަރަދޫއަށް އުދައަރައި 50 ގެއަކަށް ގެއްލުންވެ، އެއް އާއިލާއެއް ތިބީ ކައުންސިލްގެ އިދާރާގެ ވަގުތީ ބޯހިޔާވަހިކަމުގެ ދަށުގައި
  • އައްޑޫ ސިޓީ މަރަދޫފޭދޫގެ 30 ގެއަކަށް އުދައިގެ ސަބަބުން އެކިވަރުެ ގެއްލުން ލިބިފައިވޭ.
  • ހިތަދޫއަށްވެސް އުދައަރައި އެކިވަރުގެ ގެއްލުން ލިބިފައިވޭ.

އދ. އަތޮޅު

  • އދ. ފެންފުއްޓަށް އުދައިގެ އަސަރުކޮށްފައިވޭ.
  • އދ. ދިއްދޫގެ އަށް ގެއަކަށް އުދައިގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބިފައިވޭ.

ތ. އަތޮޅު

  • ތ. ތިމަރަފުށިން 30 ގެއަކަށް ގެއްލުންވެ 1 އާއިލާ އަދިވެސް ތިބީ ކައުންސިލްގެ ބެލުމުގެ ދަށުގައި
  • ތ. ދިޔަމިގިލީގެ ފަސް ގެއަކަށް އުދައިގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބިފައިވޭ
  • ތ. ވޭމަންޑޫއިން 10 ގެއަށް އުދައިގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބިފައިވޭ
  • ތ. ކިނބިދޫން 58 ގެއަށް އުދައިގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބިފައިވޭ
  • ތ. ގާދިއްފުށިން 35 ގެއަށް އުދައިގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބިފައިވޭ
  • ތ. އޮމަދޫއިން 15 ގެއަށް އުދައިގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބިފައިވޭ

ލ އަތޮޅު

  • ލ. މާވަށާއި ލ. މާބައިދުއަށް އުދައިގެ އަސަރުކޮށްފައިވޭ

ގއ. އަތޮޅު

  • ގއ. ކޮލަމާފުށްޓާއި ގއ. މާމެންދޫއަށް އުދައިގެ އަސަރުކޮށްފައިވޭ

ގދ. އަތޮޅު

  • ގދ. މަޑަވެއްޔަށް އުދައަރައި ލިބުނު ގެއްލުންތަކުގެ ސަބަބުން ހަތަރު އާއިލާއެއް އަދިވެސް ތިބީ ވަގުތީ ބޯހިޔާވަހިކަމުގެ ދަށުގައި
  • ގދ. ފަރެސްމާތޮޑާ އަދި ގދ. ފިޔޯރިއަށް އުދައިގެ އަސަރުކޮށްފައިވޭ
  • ގދ. ރަތަފަންދޫއިން 110 ގެއަށް އުދައިގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބިފައިވޭ
  • ގދ. ހޯޑެއްދޫއިން 40 ގެއަށް އުދައިގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބިފައިވޭ

ޅ. އަތޮޅު

  • ޅ. ކުރެންދޫއާއި ޅ. ނައިފަރަށް އުދަ އެރުމުގެ އިތުރުން ބޯކޮށް ވާރޭވެހިފައިވޭ

ފ. އަތޮޅު

  • ފ. ނިލަންދޫއަށް އުދައިގެ އަސަރުކޮށްފައިވޭ

ރ. އަތޮޅު

  • ރ. މީދޫ، ރ. އުނގޫފާރު، ރ. މަޑުއްވަރީ، ރ. މާކުރަތު، ރ. ފައިނު އަދި ރ. ހުޅުދުއްފާރަށް އުދައަރައި އޮޑިހަރުގެ އާއި ސިނާއީ މަސައްކަތްކުރާ ސަރަހައްދުތަކާއި ވިޔަފާރިތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވޭ

ދ. އަތޮޅު

  • ދ. ކުޑަހުވަދުއަށް އުދައިގެ އަސަރުކޮށްފައިވޭ

އއ. އަތޮޅު

  • އއ. ފެރިދޫ އަދި އއ. ތޮއްޑޫއަށް އުދައަރައި އެކިވަރުގެ ގެއްލުން ލިބިފައިވޭ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް