އައްޑޫ ސިޓީގެ ރަށްތަކަށް އިއްޔެވެސް ވަރަށް ބޮޑަށް އުދަ އަރާފައިވާއިރު މިއަދުވެސް އުދަ އަރާފާނެކަަށް ތައްޔާރުވަމުން އަންނަކަން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ހާމަކުރައްވައިފިއެވެ.
އެގޮތުން މޭޔަރު ވިދާުވީ ކައުންސިލާއި ޕޮލިސް އެމްއެންޑީއެފް އަދި އެފްކޯންސް އާއި ގުޅިގެން، އުދަ އަރާނެ ކަމަށް ބޮޑަށް ަފާކުރެވޭ ހިސާބުތަކަށާއި ގެތަކަށް ވެލި އެޅުމާއި، ވެލި ބަސްތާ ޖެއްސުން ދަނީ ކުރިއަށް ކަމަށެވެ.
"ވެލި ބަސްތާ ޖައްސަން ބޭނުންވާ ގެތަކުން އަވަށު އޮފީސްތަކާއި ގުޅިގެން އެހީތެރިކަން ހޯއްދެވުން އެދެން" މޭޔަރު ވިދާޅުވިއެވެ.
މޭޔަރު އިތުރަށް ވިދާޅުވެފައިވަނމި މަސައްކަތުގައި މުއައްސަސާތަކާއި ރައްޔިތުންގެ ފަރާތުން މި ހާލަތުގައި ދެއްވާ އެއްބާރުލެއްވުމަށް ކައުންސިލުގެ ނަމުގައި ޝުކުރު ދަަންނަވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް