ވަޔާއި ކަނޑު ގަދަވާނެކަމަށް ލަފާކޮށް އުތުރާއި މެދުރާއްޖެއަށް ރީނދޫ ސަމާލު، ދެކުނަށް ހުދު ސަމާލު

ވަޔާއި ކަނޑު ވަރަށް ގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ އުތުރުގެ އަތޮޅުތަކާއި މެދުރާއްޖޭގެ އަތޮޅުތަކަށް ރީނދޫ ސަމާލު އަދި ވަޔާއި ކަނޑު ގަދަވާނެކަމަށް ލަފާކޮށް ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ...

02 Jul 2022 | 03:34

ވަޔާއި ކަނޑު ވަރަށް ގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ އުތުރުގެ އަތޮޅުތަކާއި މެދުރާއްޖޭގެ އަތޮޅުތަކަށް ރީނދޫ ސަމާލު އަދި ވަޔާއި ކަނޑު ގަދަވާނެކަމަށް ލަފާކޮށް ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.

އެގޮތުން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މި ސަމާލު ނެރެފައިވަނީ ހެނދުނު 10:00 އިން ފެށިގެން މެންދުރު 2:00 އަށެވެ.

އެ ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑީއަކު 50 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.

ހުދު ސަމާލު ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ އަތޮޅުތަކަށެވެ. މި ސަމާލު ނެރެފައިވަނީ ހެނދުނު 10:15 އިން ހަވީރު 04:00 އާއި ދެމެދުގެ ވަގުތަށެވެ.

ހުދު ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން، އަދި ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖޭގެ މޫސުން ގޯސްވެފައިވާއިރު އިއްޔެވެސް ހިތާމަވެރި ހާދިސާތަކެއް ހިނގާފައިވެއެވެ. އެގޮތުން މެދު ރާއްޖެއާއި ދެކުނުގެ ގިނަ ރަށްތަކަކަށް އުދަ އަރާ ގިނަ އަދަދެއްގެ ގޭގެއަށް ގެއްލުންތައް ލިބިފައިވެއެވެ. މީގެ އިތުރުން ދިމާވި ހިތާމަވެރި ހާދިސާއެއްގައި ޒުވާނެއްގެ ފުރާނަވެސް ގެއްލިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް