ހައްޖު އަޕްޑޭޓް: މަދީނާއަށް ދަތުރުކުރި އަދަދު ތިން ލައްކައިން މައްޗަށް

މިއަހަރުގެ ހައްޖުގެ މަތިވެރި އަަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މުސްލިމުން މަދީނާއަށް ދަތުުރުކުރަމުން އަންނައިރު މިހާތަަނަށް ދަތުރުކުރި މުސްލިމުންގެ އަދަދު ތިން ލައްކައިން މައްޗަށް ގޮ...

02 Jul 2022 | 02:43

މިއަހަރުގެ ހައްޖުގެ މަތިވެރި އަަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މުސްލިމުން މަދީނާއަށް ދަތުުރުކުރަމުން އަންނައިރު މިހާތަަނަށް ދަތުރުކުރި މުސްލިމުންގެ އަދަދު ތިން ލައްކައިން މައްޗަށް ގޮސްފައިވާކަމަށް ސައޫދީން ބުނެފިއެވެ.

އެގޮތުން ސައޫދީ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ އިން ބުނެފައިވާގޮތުގައި ވައިގެމަގުން މިހާތަނަށް 278751 އަދި އެއްގަމު މަގުނ 49806 ހައްޖުވެރިން މަދީނާއަށް ގޮސްފައިވެއެވެ.

ވަކި ވަކި ގައުމުތަކަށް ބަލައިލާއިރު އިއްޔެއާއި ހަމައަށް އެންމެ ގިނަ ހައްޖުވެރިން ދަތުރުކޮށްފައިވަނީ ބަންގްލަދޭޝް އިންނެވެ. އެގޮތުން ބަންގްލަދޭޝް އިން މިހާތަަނަށް 12411 ހައްޖުވެރިއަކު މަދީނާއަށް ދަތުރުކޮށްފައިވާއިރު ޕާކިސްތާނުން 8229 އިންޑިއާއިން 6595 އިރާނުން 6433 އަދި ނައިޖީރިއާއިން 6320 ހައްޖުވެރިން މަދީނާއަށް ގޮސްފައިވެއެެވެ.

މި އަހަރު މިލިޔަނެއްހާ މުސްލިމުންނަށް ހައްޖުގެ ފުރުސަތު ދޭނެކަމަށް ސައުދީން ބުނެފައިވެއެވެ. މި އަހަރުގެ އަރަފާތު ދުވަހަކީ އަށެއް ޖުލައި ވާ ހުކުރު ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް