ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދަށްވެސް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ފިޔަވަޅު އަޅައިފި އެވެ.
ޝެއިހް ޒައިދަނީ އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ލެކްޗަރާ އެކެވެ.
ޒައިދަށްވެސް ފިޔަވަޅު އަޅާފައިވަނީ އޭނާ ކޮށްފައިވާ ޓްވީޓްތަކަކާއި ގުޅިގެންނެވެ.
ޝައިހް އަލީ ޒައިދު މިއަދު ވިދާޅުވީ އޭނާ ކުރި ޓްވީޓްތަކަކާއި ގުޅިގެން ދެ ފަހަރެއްގެ މަތިން ޔުނިވާސިޓީން އޭނާއާމެދު ފިޔަވަޅު އަޅާފައިވާ ކަަމަށެވެ. އެގޮތުން އަނގަބަހުން ނަސޭހަތްދީ އަދި ލިޔުމުން އިންޒާރުވެސް ދީފައިވާ ކަމަށެވެ.
އެ ފިޔަވަޅުތައް އެޅީ ވަރަށް ބާރު ސްޕީޑްގައި ކަމަށްވެސް އޭނާ ވިދާޅުވެއެވެ.
https://twitter.com/alizaid1000/status/1410875928629039109
ޒައިދަށް ފިޔަވަޅު އަޅާފައި މިވަނީ ގައުމީ ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި އަދާލަތު ޕާޓީގެ އިސްފަނޑިޔާރު އަދި އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް ޑރ. މުހައްމަދު އިޔާޒް އެ ޔުނިވާސިޓީން ވަކިކޮށްފައިވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް