ކޯވިޑަށް ޕޮސިޓިވްވީ އަތޮޅު ތެރެއިން 104 އަދި މާލެއިން 26 މީހުން

ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 143 މީހުން ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 26 މީހުންނެވެ. އަތޮޅު ތެރެއިން ޕޮސިޓިވްވީ 104 މީހުންނެވެ. ދެން މިއަދު ޕޮސިޓިވްވީ ...

02 Jul 2021 | 17:11

ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 143 މީހުން ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 26 މީހުންނެވެ. އަތޮޅު ތެރެއިން ޕޮސިޓިވްވީ 104 މީހުންނެވެ. ދެން މިއަދު ޕޮސިޓިވްވީ ރިސޯޓުތަކުން އަށް މީހުންނާއި ތަރައްގީ ކުރަމުންދާ ރިސޯޓުަތަކުން ފަސް މީހުންނެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 4،355 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 3،359 މީހުންނަށެވެ. އޭގެ ތެރެއިން 23 މީހުުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 70،490 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 213 އަށް އަރާފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 74،074 މީހުން ޕޮސިޓިވްވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް