ނަޝީދު އިތުރު ފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި ހާދިސާގައި ލިބުނު ޒަހަމްތަކަށް އިތުރު ފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެންނަވަން ނިންމައިފި އެވެ. ރައީސް ނަޝީދުގެ އޮފީހުނ...

02 Jul 2021 | 16:55

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި ހާދިސާގައި ލިބުނު ޒަހަމްތަކަށް އިތުރު ފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެންނަވަން ނިންމައިފި އެވެ.

ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމަނިކުފާނު މިއަދު އިނގިރޭސިިވިލާތަށް ވަޑައިގަންނަވަނީ ޖަރުމަނުގެ ޑޮކްޓަރުން އެގޮތަށް ލަފާ ދެއްވުމާ ގުޅިގެން ކަމަށެވެ.

ބަޔާނުގައި ވަނީ ހަމަލާ އާއި ގުޅިގެން އެމަނިކުފާނަށް އަވަސް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ބޮޑީގާޑުންނާއި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން އަދި ޖަރުމަނުގެ ޑޮކްޓަރުން ކޮށްދެއްވި މަސައްކަތް ފާހަގަ ކުރައްވާ ޝުކުރު އަދާ ކުރައްވާފައި އެވެ. އަދި ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރާއި ޖަރުމަން ސަރުކާރާއި އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ސަފީރާއި ދިވެހި ސަރުކާރުގެ ވެރިންނާއި މަޖިލީހުގެ މެންބަރުންނާއި، ހެޔޮ އެދުނު ފަރާތްތަކަށް ވެސް ޝުކުރު އަދާ ކުރާ ކަމަށް ބުނެފައިވެ އެވެ.

ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލާފައިވަނީ މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ އެމަނިކުފާނުގެ ގެކޮޅު ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރަށް އަރާވަޑައިގެންނަވަނިކޮށެވެ.

މި މައްސަލައިގަ މިހާތަނަށް އަށް މީހަކު ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރެއިން ވަނަވަރު ހާމަކޮށްފައިވަނީ ފަސް މީހެއްގެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް