ރައްޔިތުންގެ މަޖިލީހުގެ އިދާރާ ގޮއްވާލަން ޖެހޭ ކަމަށް ބުނި މީހާ ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.
އެމީހާ އެހެން ބުނެފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކްގައި އެވެ. އެމީހާ ހައްޔަރު ކުރީ މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހު އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ އެމީހާ މިދިޔަ ހަފްތާގައި ދޫކޮށްލާފައިވާ ކަމަށެވެ. ދޫކޮށްލީއެ މައްސަލައިގެ ތަހުގީގު ނިމިފަވާތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.
އެ މައްސަލައިގަ ހައްޔަރު ކުރީ 28 އަހަރުގެ ދިވެހި ފިރިހެނެވެ.
މަޖިލީހުގެ އިދާރާ ގޮއްވާލަން ޖެހޭ ކަމަށް ބުނެ ދިން އިންޒާރާ އެކު، އެ އިދާރާގެ ސަލާމަތީ ކަންކަން އޭރު ވަރުގަދަ ކުރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް