މިހާރު ތައިލެންޑުގެ ޕުކެޓަށް ކަރަންޓިން ނުވާގޮތަށް ބައިނަލް އަގުވާމީ ޓޫރިސްޓުނަށް ދެވޭ

ތައިލެންޓުގެ މަޝްހޫރު ޓޫރިސްޓު މަންޒިލް ޕުކެޓު ބައިނަލް އަގުވާމި ޓޫރިސްޓުންނަށް ހުޅުވާލައިފި އެވެ. ކޯވިޑް-19 އާއި ގުޅިގެން ތައިލެންޑުގެ މަޝްހޫރު ހުރިހާ ޓޫރިސްޓު މަންޒިލްތަކެއް އޮތީ ބަންދުކޮށްފައި އެވެ...

02 Jul 2021 | 12:15

ތައިލެންޓުގެ މަޝްހޫރު ޓޫރިސްޓު މަންޒިލް ޕުކެޓު ބައިނަލް އަގުވާމި ޓޫރިސްޓުންނަށް ހުޅުވާލައިފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން ތައިލެންޑުގެ މަޝްހޫރު ހުރިހާ ޓޫރިސްޓު މަންޒިލްތަކެއް އޮތީ ބަންދުކޮށްފައި އެވެ. މިއީ އޭގެން މަންޒިލެއް ބައިނަލްއަގުވާމީ ޓޫރިސްޓުންނަށް ހުޅުވާލާ ފުރަތަމަ ފަހަރެވެ.

ޓޫރިސްޓުންނަށް ޕުކެޓަށް ދިއުމަށް އޮތް ހަމަ އެކަނި ޝަރުތަކީ ކޯވިޑް-19 ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވުމާއި އެކު 72 ގެޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ޓެސްޓެއްގެ ނަތީޖާ އޮތުމެވެ. އޭރުން ޕުކެޓުގައި ކަރަންޓީން ވުމާއި ނުލައި އާންމުކޮށް ޗުއްޓީ ހޭދަ ކޮށްލެވެ އެވެ.

އެކަމަކު ޕުކެޓުން ތައިލެންޑުގެ އެހެން ރަށަކަށް ނުވަތަ ސިޓީއަކަށް ޓޫރިސްޓުންނަށް ދަތުރު ކުރެވޭނީ 14 ދުވަސް ޕުކެޓުގައި އުޅުމަށް ފަހު ބަލި ނެތްކަން ޔަގީން ކުރުމަށް ފަހު އެވެ.

ޕުކެޓު ޓޫރިސްޓުންނަށް ހުޅުވާލުމުގެ ކުރިން ތައިލެންޑު ސަރުކާރުން ވަނީ އެ ރަށުގައި ދިރިއުޅޭ ވެކްސިން ޖަހާ އާބާދީގެ 70 ޕަސެންޓަށް ވެކްސިން ދެ ޑޯޒު ފުރިހަމަ ކޮށްފައި އެވެ. އެ ގައުމުގެ ސަރުކާރުން ޕުކެޓު ހުޅުވާލަމުން ނޫސްވެރިންނާއި ބައްދަލުކޮށް ބުނެފައިވަނީ ކަރަންޓީ ނުވާ ގޮތަށް ހުޅުވާލަނީ އެއީ ނުރައްކާތެރިކަމެއްކަން އެނގިތިބެ އިތުރު ގޮތެއް ނެތިގެން ކަމަށެވެ.

ތައިލެންޑުން ބުނީ ބައިނަލްއަގުވާމީ ފެންވަރުގެ ޓޫރިސްޓު މަންޒިލްތައް ބަންދުކޮށްފައި ބާއްވަން ޖެހުމުން ގައުމާއި ރައްޔިތުންގެ އާމްދަނީއަށް ވަރަށް ބޮޑު އަސަރު ކުރަމުންދާ ކަމަށެވެ. އަދި ގައުމު މިހާލަތުން އަރައިގަތުމަށް އިތުރު މަންޒިލްތައްވެސް ކުރިޔަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ހުޅުވާލަން ނިންމާފައިވާ ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް