ޑިޕްލޮމެޓުންނާއި ގުޅޭގޮތުން ނަޝީދު ދެއްކެވި ފިތުނައިގެ ވާހަކަފުޅެއް ސައީދު ހަނދާން ކޮށްދެއްވައިފި

ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާއި ގުޅޭގޮތުން ދައްކާ ވާހަކަތައް ހުންނަން ޖެހޭނީ ވަކި ހަމަތަކެއްގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން މާވަށު ދ...

02 Jul 2021 | 12:00

ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާއި ގުޅޭގޮތުން ދައްކާ ވާހަކަތައް ހުންނަން ޖެހޭނީ ވަކި ހަމަތަކެއްގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ރައްދު ދެއްވައިފި އެވެ.

ނަޝީދު މިހެން ވިދާޅުވީ އިންޑިއާ ހައި ކޮމިޝަނާއި ވެރިން އަދި އެ ކޮމިޝަނުގެ މުވައްޒަފުންނާއި ގުޅޭގޮތުން ރާއްޖޭގެ ބައެއް ނޫސްތަކާއި ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަތަކާއި ގުޅިގެން އިންޑިއާ ހައި ކޮމިޝަނުން ފޮރިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައި ވަނިކޮށެވެ. އެ ސިޓީގައި އެދިފައިވަނީ އެ ފަރާތްތަކަށް ފިޔަވަޅު އަޅައި ދިނުމަށެވެ.

އެކަމާއި ގުޅޭގޮތުން ނަޝީދުގެ ޓުވީޓުގައި ވިދާޅުވީ ރާއްޖޭގައި ތިއްބެވި އިންޑިއާގެ ޑިޕްލޮމެޓުންނަށް ފާޑުކިޔަމުން ދަނީ އެމްޑީޕީ އާއި ސަރުކާރުގެ ވާދަވެރިން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެ ފަރާތްތަކުން އިންޑިއާ އާއި ގުޅޭގޮތުން ދައްކަވާ ފިތުނަވެރި އަދި ބޭއަދަބީ ވާހަކަތައް ހުއްޓާލަން ޖެހޭ ކަމަށެވެ.

https://twitter.com/dhuvasmv/status/1410860168858976259

ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވައި ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަފުރަތާއި ފިތުނަ، ޑިޕްލޮމަސީ، ބައިނަލް އަގުވާމީ ގާނޫން، ހަރުކަށި ފިކުރު ފަދަ ބަސް ބަހުގެ މާނަ އަކީ އަހަރުން އަހަރަށް ބަދަލުވާ އެއްޗަކަށް ވެފައިވާ ކަމަށެވެ. ނަޝީދު ކުރިން ކުރައްވާ ފައިވާ ޓުވިޓާއެއްގެ ސްކްރީން ޝޮޓެއް އާންމު ކުރައްވާ ސައީދު ވިދާޅުވީ އެއީ ބައެއް ފަރާތްތަކަށް ގާނޫނާއި އިންސާފު މާނަ ކުރެވޭ ގޮތް ކަމަށެވެ.

ސައީދު ވިދާޅުވީ މިގޮތަށް މާނަ ކުރުން ހުންނަ ނަމަ އިންސާފުގެ ދަތުރަށް ވާނެތް ވިސްނާލުން މުހިންމު ކަމަށެވެ.

https://twitter.com/em_saeed/status/1410892733615460360

ނަޝީދު 2018 ވަނަ އަހަރުގެ ޖުލައި 10 ވަނަ ދުވަހު ކުރެއްވި އެ ޓުވީޓުގައި ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރަނިން މޭޓެއްގެ ގޮތުގައި ހަމަޖެއްސެވީ އައިސިސްއަށް ހަނގުރާމައިގަ ބައިވެރިވާން މީހުން ފޮނުވާ ހަރުކަށި ފިކުރުގެ ޑރ. މުހައްމަދު ޝަހީމް ކަމަށެވެ. އަދި އޭނާ އަކީ ސައުދީ އަރަބިއްޔާގެ އެމްބެސެޑަރު ބަދީރް އަލްކަހައިލް ގެ ތާއީދު ލިބިފައިވާ ބޭފުޅެއް ކަމަށެވެ.

ނަޝީދު ވިދާޅުވެފައިވަނީ ސައުދީން ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރަން މަސައްކަތް ކޮށް ބާރު އަޅާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް