މަޝްހޫރު ލަވަކިޔުންތެރިޔާ ލަމްހާ ލަތީފު އާއި ލަވަކިޔުންތެރިޔާ އަހްމަދު މުއާޒް (ކުޑަ މުއާ)އަށް އަލަތު ދަރިފުޅު ލިބެން އުޅޭ ދުވަސް ވަރަށް ކައިރިވެއްޖެ އެވެ.
ލަމް ބަނޑުބޮޑުކަން ހާމަ ކުރީ މެއި28 ގައި އެވެ. ފުރަތަމަ ދަރިފުޅު ލިބެން އުޅޭކަން ހާމަކޮށް ލަމް އިންސްޓަގްރާމްގައި ބުނެފައިވަނީ ލިބެން އުޅޭ އަލަތު ދަރިފުޅާއި ވިހާވެސް އަވަހަކަށް ބައްދަލު ކޮށްލަން ކެތްމަދުވެފައި ހުރި ކަމަށެވެ.
އޭގެ ފަހުން ލަމް އިންސްޓަގްރާމްގައި ހިއްސާ ކުރާ ހުރިހާ ފޮޓޯތަކެއްގައި ހެން ހުންނަނީ އޭނާގެ ބަނޑު އެނގޭނެހެން ހުއްޓިލައިގެންނެވެ. ކުޑަ މުއާ އާއި ދެމަފިރިން އެކުގައި ގިނަ ފޮޓޯތައް ނަގާފައި ހުރި އިރު ދެ ފަންނާނުންގެ ދަރިފުޅު ދުނިޔެއަށް އަންނާނެ ދުވަހެއްގެ އިންތިޒާރުގައި ކެތްމަދުވެފައި ތިބިކަން ހާމަކޮށްފައިވެ އެވެ.
https://www.instagram.com/p/CQjiWcHHJlm/
ކުޑަ މުއާ އާއި ލަމްގެ އެންމެ ހާއްސަ ކަމަކީ ދެމީހުންނަކީ ވަރަށް ގިނައިން ޗުއްޓީއަށް ތަފާތު މަންޒިލް ތަކަށް ދަތުރު ކުރާ ހިތްވާ ދެމީހުންނެވެ. މީގެ ކުރިން ދެމީހުން ބުނެފައިވާ ގޮތުގައި އަހަރަކު ދެ ޗުއްޓީ ދަތުރު ކޮށްލުމަކީ ދެމީހުން އަބަދުވެސް ޓާގެޓް ކުރާ ކަމެކެވެ.
ދަރިފުޅު ލިބުނުކަން ފުރަތަމަ ހާމަ ކުރި ދުވަހުވެސް ލަމް ބުނީ އެމީހުންގެ ދަތުރުތަކަކަށް ބައިވެރިއަކު އިތުރުވަނީ ކަމަށެވެ. އަދި އޭގެ ފަހުން ދެމަފިރިން އެކުގައި ތުރުކީއަށް ޗުއްޓީއަށް ހޭދަ ކުރަން ގޮސް ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ލަމް ބުނެފައިވަނީ ބަނޑުގައި ދަރިފުޅު ބާއްވައިގެން ކުރަމުންދާ އެ ދަތުރަކީ "ބޭބީ މޫން" ކަމަށެވެ.
https://www.instagram.com/p/CQSksXfnR1G/
އެންމެ ފަހުން ލަމް ރީތި ފޮޓޯތަކެއް އާންމު ކޮށްފައިވަނީ އިއްޔެ އެވެ. ރީނދޫ ކުލައިގެ ބޮޑު ގައުންއެއް ލަމް ލައިގެން ހުރި އިރު ކުޑަ މުއާ ފޮޓޯތަކުގައި ހުރީ ހުދު ކުލައިގެ ގަމީހެއް ލައިގެންނެވެ.
https://www.instagram.com/p/CQymZZEnLGe/
ލަމް ބުނެފައިވަނީ އޭނާގެ ހެދުން ފަހާފައިވަނީ ރަންރޮދިން ކަމަށެވެ. އަދި މޭކަޕް ކޮށްދީފައިވަނީ މިދޫ ކަމަށާއި ފޮޓޯ ގްރާފަރަކީ ސުހައިލް ކަމަށެވެ. އެއީ އޭނާގެ އެންމެ ގަޔާވާ ގޮތަށް ހިދުމަތްދޭ މީހުން ކަމަށް ބުންޏެވެ. އަދި އެ ފޮޓޯ ޝޫޓާއި މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް