އިސްލާމީ ޝަރީއަތުގައި ވާގޮތަށް ހަރާމް ކަންތައް ހަރާމްކަމުގައި ބަލައިގަންނަން ޖެހޭ: ހުކުރު ޚުތުބާ

އިސްލާމީ ޝަރީއަތުގައި ވާގޮތަށް ހަރާމްކަންތައް ހަރާމްކަމުގައި ބަލައިގަންނަން ޖެހޭ ކަމަށާއި، ހަލާލުކަންތައް ހަލާލު ކަންތައް ކަމުގައި ބަލައިގަންނަން ޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ. މިއ...

02 Jul 2021 | 09:30

އިސްލާމީ ޝަރީއަތުގައި ވާގޮތަށް ހަރާމްކަންތައް ހަރާމްކަމުގައި ބަލައިގަންނަން ޖެހޭ ކަމަށާއި، ހަލާލުކަންތައް ހަލާލު ކަންތައް ކަމުގައި ބަލައިގަންނަން ޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މައިގަނޑު މައުޟޫއު ބިނާވެފައި ވަނީ "މިންވަރަށް އީމާންވުން" މި މައުޟޫއުގެ މައްޗަށެވެ. ޚުތުބާގައި ބުނީ، މާތް ﷲ އަމުރު ކުރައްވާފައިވާ ކަންތައްތައް ދޫކޮށްލައިގެން ނުވާނެކަމަށެވެ.

އަދި ހެޔޮކަންތައްތަކަށް ގޮވާލުމާއިނުބައި ނޭދެވޭ ކަންތައްތައް ހުއްޓުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި އިސްލާމީ ޝަރީއަތުގައި ވާގޮތަށް ހަރާމްކަންތައް ހަރާމްކަމުގައި ބަލައިގަންނަން ޖެހޭ ކަމަށެވެ. ހަމައެހެންމެ ހަލާލުކަންތައް ހަލާލު ކަންތައް ކަމުގައި ބަލައިގަންނަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން މާތް ﷲ މިކައުނުގައި ލައްވާފައިވާ ހުރިހާ ކަމެއް ލައްވާފައި ވަނީ އަޅުތަކުންގެ މަސްލަހަތަށްޓަކައި ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ ފެންނަ ތަކެއްޗާއި، ނުފެންނަ ތަކެތީގައި ވެސް މާތް ﷲގެ ކުޅަދުންވަންތަކަމާއި، ދެނެވޮޑިގަތުން ޝާމިލުވާ ކަމަށާއި، ވަންހަނާ ވެފައިވާ ކަންތައްތަކާއި، އަޅާގެ ހިތުގައި ހިނގާ ވަސްވާސްތައް ވެސް އެކަލާނގެ ދެނެވޮޑިގެންވާ ކަމަށެވެ. އަދި ވެގޮސްފައިވާ ކަންތައްތަކާއި، ވަމުންދާ ކަންތައްތަކާއި، ވާނޭކަންތައްތައް ވެސް އެކަލާނގެ ދެނެވޮޑިގެންވާއިރު، މާތް ﷲ ގެ އިލްމުފުޅާ ލައިގެން މެނުވީ އެއްވެސް ކަމެއް ނުހިނގާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ހައްގު ގޮތުގައި މާތް ﷲ އަށް ތަގުވާވެރިވާވެރިވުމަށް ގޮވާލައި ހުކުރު ޚުތުބާގައި ބުނީ އަމާންކަމުގެ އަސާސަކީ އެއީ ކަމަށާއި، މަތިވެރިކަމާއި ދަރަޖަ އުފުލިގެން ދަނީ ތަޤްވާގެ ސަބަބުން ކަމަށެވެ. ތަޤްވާގެ އަސާސްގެ ތެރޭގައި އަމަލުތައް އެކަންކަމެއްގެ މައްޗަށް ބިނާވެގެންވާ ހަ އުސޫލަށް އީމާންވުން ހިމެނޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް