ކޯވިޑް-19: ރާއްޖޭގައި ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު 109،000 އަށް ވުރެ ގިނަ

ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިންގެ 2 ޑޯޒް، އިތުރު 502 މީހަކު ފުރިހަމަކޮށްފިއެވެ. މިއާއެކު ކޯވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު މިހާރު ވަނީ 190،729އަށް އަރާފައެވެ. ހެލްތު ޕްރޮޓެކްޝަން އ...

02 Jul 2021 | 06:54

ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިންގެ 2 ޑޯޒް، އިތުރު 502 މީހަކު ފުރިހަމަކޮށްފިއެވެ.

މިއާއެކު ކޯވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު މިހާރު ވަނީ 190،729އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން ކޯވިޑް-19 ވެކްސިންގެ 2ވަނަ ޑޯޒް ޖެހި 502 މީހުންގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ވެކްސިން ޖެހި 202 މީހަކާއި، އަތޮޅުތަކުން ވެކްސިން ޖެހި 300 މީހުންނެވެ.

މިއާއެކު ރާއްޖޭގައި ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 190،729އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް 165 މީހަކު ވަނީ ޖަހާފައެވެ. އޭގެ ތެރޭގައި މާލެއިން ފުރަތަމަ ޑޯޒް ޖެހި 76 މީހަކާއި، އަތޮޅުތަކުން ވެކްސިން ޖެހި 89 މީހަކު ހިމެނެއެވެ.

ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 317،012އަށް އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް