ފަތުރުވެރިކަމުގެ ދައިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ވެކްސިނޭޝަނާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ދިނުމަށް އެމްއެމްޕީއާރްސީގެ ވިޒިޓް މޯލްޑިވްސް އިން 'އައި އޭމް ވެކްސިނޭޓެޑް' ނަމުގައި މައިކްރޯ ވެބްސައިޓެއް އިފްތިތާޙުކޮށްފިއެވެ.
އެމްއެމްޕީއާރުސީން ބުނީ، މި މައިކްރޯސައިޓް މެދުވެރިކޮށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވެކްސިން ޖެހުމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދީ، އަދި ވެކްސިން ޖެހުމަށް ރެޖިސްޓްރީވުމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ލިބޭނެކަމަށެވެ. މީގެ އިތުރުން މި ސައިޓުން އެޗްޕީއޭގެ އެންމެ ފަހުގެ ގައިޑްލައިން އަދި ޕްރޮމޯޝަނަލް ވީޑިއޯތައް ފެންނާނެއެވެ.
https://twitter.com/visitmaldives/status/1410539927738146818
އެމްއެމްޕީއާރުސީން ވަނީ ޓުއަރިސްޓް ފެސިލިޓީތަކުން ވެކްސިން ކެމްޕެއިނާއި ގުޅިގެން ކުރިއަށްގެންދާ މަސައްކަތުގެ ފޮޓޯ ތަކާއި ވީޑިއޯތަކާއި މަޢުލޫމާތު މި ސައިޓުގައި ހިއްސާ ކުރުމަށް ހުޅުވާލާފައެވެ.
އައި އޭމް ވެކްސިނޭޓެޑް ކެމްޕެއިނަކީ ދިވެހިރާއްޖޭގައި ކުރިއަށްދާ ވެކްސިނޭޝަން ޕްރޮގްރާމް ދަށުން ޓުއަރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީ ގުޅިގެން ފަށާފައިވާ ޕްރޮގްރާމެކެވެ. މިއީ ދުނިޔޭގެ ފުރަތަމަ ސައްތައިން ސައްތަ ވެކްސިން ފުރިހަމަކޮށްފައިވާ ފަތުރުވެރިކަމުގެ ސިނާޢަތަށް ރާއްޖޭގެ ސިނާޢަތް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ފަށާފައިވާ ޕްރޮގްރާމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް