ކައުންސިލްތަކުގެ އެސްޖީގެ މަޤާމަށް 500 ވުރެ ގިނަ މީހުން ކުރިމަތި ލައިފި

200 މީހުން ހޯދަން، ސިވިލް ސަރވިސް ކޮމިޝަނުން އިއުލާންކުރުމުން، ކައުންސިލްތަކުގެ ސެކެރެޓަރީ ޖެނަރަލް (އެސްޖީ)ގެ މަޤާމަށް 500 ވުރެ ގިނަ މީހުން ކުރިމަތި ލައިފި އެވެ. ލޯކަލް ކައުންސިލުތައް އިދާރީ ހިންގުމު...

02 Jul 2021 | 05:31

200 މީހުން ހޯދަން، ސިވިލް ސަރވިސް ކޮމިޝަނުން އިއުލާންކުރުމުން، ކައުންސިލްތަކުގެ ސެކެރެޓަރީ ޖެނަރަލް (އެސްޖީ)ގެ މަޤާމަށް 500 ވުރެ ގިނަ މީހުން ކުރިމަތި ލައިފި އެވެ.

ލޯކަލް ކައުންސިލުތައް އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާ އެސްޖީގެ މަޤާމަށް މީހުން ހޯދަން ޖޫން މަހުގެ 20 ވަނަދުވަހު ކުރި އިއުލާންގެ މުއްދަތު ހަމަވީ މިިދިޔަ ހޯމަދުވަހުއެވެ. ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލުތައް ހިމެނޭހެން ޖުމްލަ 200 ކައުންސިލްގެ އިދާރާއަށް ސެކްރެޓަރީ ޖެނެރަލުން ނެގުމަށް ވަނީ ނިންމާފައެވެ. މީގެތެރޭގައި ހިމެނެނީ ރާއްޖޭގެ 178 ރަށުގެ ރަށު ކައުންސިލާއި 18 އަތޮޅު ކައުންސިލެއްގެ އިތުރުން 4 ސިޓީ ކައުންސިލެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ބުނީ މި މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު 511 މީހަކު ކުރިމަތިލާފައިވާކަމަށެވެ. އެއީ 178 ރަށު ކައުންސިލަށް 371 މީހަކާއި 18 އަތޮޅު ކައުންސިލްގެ އެސްޖީކަމަށް 86 މީހަކާއި 4 ސިޓީ ކައުންސިލްގެ އެސްޖީކަމަށް ކުރިމަތިލި 54 މީހެކެވެ.

ކައުންސިލްތަކުގެ އެސްޖީއަށް ކުރިމަތިލީ މީހުން ހޮވުމުގައި އިންޓަވިއުކުރުމަށްފަހު 20 އިންސައްތައަށް ވުރެން މަތިން މާކްސް ލިބޭ މީހުންގެ ތެރެއިން މެރިޓް އުސޫލުން އެންމެ ޤާބިލު މީހަކު ކަނޑައަޅާނެއެވެ. އަދި އެމީހަކާއި ގުޅޭ ގޮތުން އެ ކައުންސިލެއްގެ ލަފާ ހޯދާ އެ މީހަކު މަޤާމަށް އައްޔަންކުރާނީ ކައުންސިލްގެ ލަފަޔާއެކުއެވެ.

އެސްޖީގެ މަޤާމަށް އައްޔަންކުރާ މީހެއްގެ މަޤާމުގެ މުއްދަތަކީ 5 އަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް