ލިސާ ވިހޭކަން ނުވެސް އެނގޭ!

ބޮލީވުޑްގެ ބަތަލާ އަދި މޮޑެލް ލިސާ ހޭޑަން ތިން ވަނަ ދަރިފުޅު ވިހޭކަން ނުވެސް އެނގެ އެވެ. ބަލިވެ އިނީންސުރެ ތަފާތު ގޮތްގޮތަށް ބަނޑު ދައްކައިގެން ނިވާކަން ކުޑަ ހެދުންތަކެއް ލައިގެން ފޮޓޯ އާންމުކޮށް ލިސާ...

02 Jul 2021 | 05:17

ބޮލީވުޑްގެ ބަތަލާ އަދި މޮޑެލް ލިސާ ހޭޑަން ތިން ވަނަ ދަރިފުޅު ވިހޭކަން ނުވެސް އެނގެ އެވެ.

ބަލިވެ އިނީންސުރެ ތަފާތު ގޮތްގޮތަށް ބަނޑު ދައްކައިގެން ނިވާކަން ކުޑަ ހެދުންތަކެއް ލައިގެން ފޮޓޯ އާންމުކޮށް ލިސާ ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިއެވެ. ލިސާ ބަނޑުބޮޑުވުމުން މަރުހަބާ ކިޔުމާއި އެއްވަރަށް އޭނާ އަޅާފައި ހުންނަ ހެދުންތަކަށް ގިނަ ބަޔަކު މަލާމާތްކޮށް ފާޑުކިޔަސް އޭނާއަށް މީހުން ކުރި މަލާމާތް މާ ބޮޑު މައްސަލައަކަށް ނުވެ އެވެ.

ލިސާ ބުނެފައިވަނީ އެހާ ނިވާކަން ކުޑަ ހެދުން ލީ ބަނޑުބޮޑުވުމުން ހެދުންތައް ކުޑަވުމުން ލާނެ ހެދުމެއް ނެތިގެން ކަމަށެވެ.

އެހުރިހާ ކަމެއް ބަނޑު ބޮޑު އިރު ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާ ކުރި އިރު އޭނާ ވިހޭކަން އެނގޭ ހަމަ އެކަކުވެސް ނެތެވެ. މީޑިއާގައިވެސް އެކަން ހާމަކޮށްފައެއް ނުވެ އެވެ. އަދި ލިސާވެސް އެވާހަކަ އެއްވެސް ގޮތަަކަށް ހިއްސާ ކޮށްފައެއް ނުވެ އެވެ.

ލިސާ ވިހޭކަން އެނގުނީ އިންސްޓަގްރާމްގައި މީހަކު އޭނާ ދަރިފުޅު ކޮބައިތޯ ކުރި ސުވާލެއްގެ ޖަވާބު ދިނުމުންނެވެ. ލީސާ ބުނީ ވިހޭ ދަރިފުޅު އޭނާ އަތުގައި އެބައޮތް ކަމަށެވެ.

އޭގެ ފަހުންވެސް އޭނާގެ ހަކު ދަރިފުޅާއި ބެހޭ އެއްވެސް މައުލޫމާތެއް ހާމަ ނުކުރާއިރު ފޮޓޯއެއްވެސް އަދި ހާމައެއް ނުކުރެ އެވެ. މީގެ އިތުރުން ކުއްޖާ ވިހޭ ސީދާ ތާރީހެއްވެސް ނޭނގެ އެވެ. ލީސާއަށް މިފަހަރު ލިބުނީ އަންހެން ކުއްޖެކެވެ. އެކަމަކު މިދިޔަ ހަފްތާ ތެރޭގައި އޭނާ ވިހާކަން މިހާރު ވަނީ ކަށަވަރުވެފައި އެވެ.

ލިސާގެ ދެން ތިބެނީ ފިރިހެން ދެ ކުދިންނެވެ. އެއީ ޒެކް ލާލްވާނީ އާއި ލިއޯ ލާލްވާނީ އެވެ.

ލިސާ އާއި ފިރިމީހާ ޑީނީ ލާލްވާނީ ކައިވެނި ކޮށްފައި ވަނީ 2016 ވަނަ އަހަރުގެ އޮކްޓޫބަރުގަ އެވެ. ދެމީހުން ކައިވެނި ކުރީ އެއް އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު އެވެ.

ކާމިޔާބު މޮޑެލް ލިސާ ބޮލީވުޑަށް ތައާރަފުވީ 2010 ވަނަ އަހަރުގެ ފިލްމު "އައިޝާ" އިންނެވެ. އޭނާ ކުޅެފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި ‘ކުއީން’، ‘އޭ ދިލް ހޭ މުޝްކިލް’، ؛ހައުސްފުލް 3’ އަދި ‘ދަ ޝައުކީންސް’ ފަދަ ފިލްމުތައް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް