ސުންކު ފޮނުވުމުގެ ކުރިން ނަތީޖާ ފައްސި ކަމަށް ބުނެ އެޗްޕީއޭގެ މެސެޖެއް!

ކޯވިޑް-19 ޖެހިފައިތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރުމަށް ހަދަންޖެހޭ ޕީސީއާރް ޓެސްޓް ހެދުމަށް ނެގި ސުންކު ލެބޯޓަރީއަށް ފޮނުވުމުގެ ކުރިން ރ. ވާދުއަށް ނިސްބަތްވާ ޒުވާނަކަށް، ނަތީޖާ ފައްސި ކަމަށް ބުނެ އެޗްޕީއ...

02 Jul 2021 | 04:41

ކޯވިޑް-19 ޖެހިފައިތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރުމަށް ހަދަންޖެހޭ ޕީސީއާރް ޓެސްޓް ހެދުމަށް ނެގި ސުންކު ލެބޯޓަރީއަށް ފޮނުވުމުގެ ކުރިން ރ. ވާދުއަށް ނިސްބަތްވާ ޒުވާނަކަށް، ނަތީޖާ ފައްސި ކަމަށް ބުނެ އެޗްޕީއޭގެ މެސެޖެއް ލިބިއްޖެއެވެ.

އެޗްޕީއޭން ފޮނުވި މެސެޖުގައި ބުނެފައި ވަނީ އޭނާގެ ސުންކު ކޯވިޑް-19 އަށް ފައްސިވެފައިވާ ކަމަށާއި، 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ފުރިހަމަކުރަންޖެހޭނެ ކަމަށެވެ.

މުހައްމަދު ފާއިޒުގެ ނަމުގައި ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، އޭނާގެ ސުންކު ނެގުމަށް، އޭނާ މިހާރު ދިރިއުޅޭ ކ. ހުރާގެ ސިއްހީ މަރުކަޒުގެ ބޭފުޅުން ދިޔައީ، ބުދަ (30 ޖޫން 2021) ދުވަހުގެ ރޭ 20:37 ހާއިރު ކަމަށެވެ. ސުންކު ނަގައި ނިންމުމަށް ފަހު، ސުންކު ލެބޯޓަރީއަށް ފޮނުވޭނީ 1 ޖުލައި 2021 ވީ ބުރާސްފަތި ދުވަަހުގެ ހެނދުނު ކަމަށް ސުންކު ނަގަން ދިޔަ ބޭފުޅުން ފާއިޒު ކައިރީގައި ވިދާޅުވި ކަމަށެވެ. އެހެންކަމުން، ނަތީޖާ ލިބޭ ވަރު ވާނީ ބުރާސްފަތި ދުވަހުގެ ރޭ ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.

ނަމަވެސް، ފާއިޒު ބުނީ، ބުދަ ދުވަހުގެ ރޭ 23:51ގައި އޭނާގެ ނަތީޖާ ފައްސި ކަމަށް ބުނާ އެޗްޕީއޭގެ މެސެޖެއް ލިބިފައިވާ ކަމަށެވެ. މެސެޖުގެ ސްކްރީންޝޮޓެއް ވެސް އޭނާ ވަނީ ހިއްސާކޮށްްފައެވެ.

މިކަމާއި ގުޅޭ ގޮތުން، އެޗްޕީއޭ އަދި ހުރާ ސިއްހީ މަރުކަޒުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް