ޕާޓީތަކުގެ މެމްބަރުންގެ އިންގިލީގެ ނިޝާން ހަމަކުރުން ލާޒިމް ކުރަން ނިންމައިފި

ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން ސިޔާސީ ޕާޓީގެ ހުރިހާ މެމްބަރުންގެ އިނގިލީގެ ނިޝާން ހަމަކުރުން ލާޒިމް ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ. އިލެކްޝަންސް އިން ބުނީ އެގޮތަށް ނިންމީ ސިޔާސީ ޕާޓީތަކ...

02 Jul 2015 | 10:21

ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން ސިޔާސީ ޕާޓީގެ ހުރިހާ މެމްބަރުންގެ އިނގިލީގެ ނިޝާން ހަމަކުރުން ލާޒިމް ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް އިން ބުނީ އެގޮތަށް ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ)ގައި ސިޔާސީ ޕާޓީގެ މެމްބަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމުގައި އެމީހެއްގެ އިނގިލީގެ ނިޝާން ހިމެނުމަށް ކަނޑައަޅާފައިވާތީ ކަމަށެވެ.

އަދި އިނގިލީގެ ނިޝާނާނުލާ ހުށަހަޅާފައިވާ ފޯމުތައް މިއަހަރުގެ ޑިސެމްބަރު 31ގެ ނިޔަލަށް އިނގިލީގެ ނިޝާން ޖަހައި އަލުން ހުށަހެޅުމަށް ނިންމީ މިއަދު އެ ކޮމިޝަނުގައި ބޭއްވި ޖަލްސާއެއްގައި ބައިވިވެރިވި ހަތަރު މެމްބަރުންގެ އިއްތިފާގުން ކަމަށްވެސް އިލެކްޝަނުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް