ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް އުފެއްދުމުގެ ބިލު މަޖިލީހަށް

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް އޮފީހުން ބިލެއް ފޮނުވައިފި އެވެ. ރައީސް އޮފީހުން ވިދާޅުވީ ސަރުކާރުން މި ބިލު ހުށަހެޅުއްވުމުގެ ބޭނުންފުޅ...

02 Jul 2015 | 09:50

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް އޮފީހުން ބިލެއް ފޮނުވައިފި އެވެ.

ރައީސް އޮފީހުން ވިދާޅުވީ ސަރުކާރުން މި ބިލު ހުށަހެޅުއްވުމުގެ ބޭނުންފުޅަކީ، ދިވެހިރާއްޖޭގައި ހިންގަމުންދާ ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް، ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި، އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، އެ އިދާރާތަކާގުޅޭ މައްސަލަތައް ބަލާނެ އެންމެހައި އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައަޅައި، އެފަދަ މައްސަލަތަކާ ގުޅޭގޮތުން ފިޔަވަޅުއެޅުމާބެހޭ ކަންކަން ތަންޒީމުކުރުމަށްޓަކައި ކޮމިޝަނެއް އުފެއްދުން ކަމަށެވެ.

އަދި، މިހާރު ވަކިވަކީން ހިންގަމުން އަންނަ، މި ބިލް ޤާނޫނަކަށް ވެގެންދާއިރު، މިޤާނޫނުގެ ތަރަހައަށް ފެތޭ ކޮމިޝަންތަކުގެ މަސައްކަތް އެކުލަވާލައި، އަލަށް އެކުލަވާލެވޭ ކޮމިޝަންގެ ބާރުތަކާއި މަސްއޫލިއްޔަތުތަކާއި، މަސައްކަތުގެ ދާއިރާއާއި، އެ ކޮމިޝަންގެ މެންބަރުންގެ ޝަރުޠުތަކާއި ސުލޫކީ ހަމަތަކާއި، އެ ކޮމިޝަން ހިންގާނެގޮތުގެ އުސޫލުތަކާއި، އެ ކޮމިޝަންގެ ވާޖިބުތައް އަދާކުރާނެގޮތުގެ އުސޫލުތައް ބަޔާންކުރުމާއެކު، ކަމާގުޅޭ އެހެން އުސޫލުތައް ބަޔާންކުރުމަކީވެސް މި ބިލުގެ ބޭނުންފުޅެއް ކަމަށް ރައީސް އޮފީހުން ވިދާޅުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް