ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާއިރު އެ މައްސަލައިގާ ޖަވާބުދާރީވުމަށް އެމަނިކުފާނަށް ނޯޓިސް ފޮނުވައިފި އެވެ.
ގާނޫނު އަސާސީގައިވާ ގޮތުގެމަތިން ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށ ހުށަހަޅައިފިނަމަ 14 ދުވަހުގެ ނޯޓިސްއެއް ދޭން ޖެހެ އެވެ. މަޖިލީހުގެ އިދާރާއިން ބުނީ ޖަމީލަށް ނޯޓިސް ފޮނުވީ އެ މައްސަލަ މަޖިލީހަށް ހުށަހެޅި ދުވަހު (މިދިޔަ އަންގާރަ ދުވަސް) ކަމަށާއި އެހެންކަމުން ޖަވާބުދާރީވުމަށް ދިން ނޯޓިހުގެ މުއްދަތު މިމަހުގެ 13 ވަނަ ދުވަހަށް ހަމަވާނެ ކަމަށެވެ.
ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ފާސްކުރަން 57 މެމްބަރުންގެ ވޯޓު ބޭނުންވާއިރު މި މައްސަލަ މަޖިލީހަށް ވައްދާފައިވަނީވެސް 61 މެމްބަރުންގެ ސޮޔާއެކުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް