ޕީޕީއެމް އަދި އެމްޑީއޭގެ ނިންމުންތަކަކީ ޑިމޮކްރެޓިކް ނިންމުންތަކެއް ކަމަށާއި އެހެނިހެން ސިޔާސީ ޕާޓީތަކުގެ ނިންމުންތަކުގައިވަނީ "އޮޓޯކްރެޓިކް" އުސޫލުތައް ވަކިހިއްޕާފައި ކަމަށް ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެމްޕީ މުހައްމަދު އިސްމާއިލްގެ ފޭސްބުކް ސްޓެޓަސްގައި ވިދާޅުވެފައިވަނީ މިއަދު ރާއްޖޭގައި ހިނގަމުން މިދަނީ ރާއްޖެ ދުވަހަކުވެސް ނުދެކޭހާ އިންސާފުވެރި އަދި ދެފުށްފެންނަ ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިންކަން ވަރަށް ސާބިތުކަމާއެކު ދަންނަވާ ކަމަށެވެ.
"ހަމައެކަނި ވެރިކަމުގައި ހުރި މީހަކު ނުވަތަ ވެރިކަން ކޮށްފައިވާ މީހެއްގެ އެކަނި މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކޮށް، އިސްލާމީ މާތް އުސޫލުކަމުގައިވާ މަޝްވަރާގެ އުސޫލުން، ޕީޕީއެމް އެމްޑީއޭގެ ނިންމުންތައް ޑިމޮކްރެޓިކް" އެމްޕީ ވިދާޅުވެފައި ވެ އެވެ.
ނަމަވެސް ބައެއް އެހެނިހެން ޕާޓީތަކުގެ ނިންމުމުގައި ވަނީ އޮޓޯކްރެޓިކް އުސޫލުތައް ވަކިހިއްޕާފައި ކަމަށާއި ގޮތް ނިންމުމުގައި އޮންނަނީ މަޝްވަރާއަށްވިރެ ޕާޓީގެ ރައީސްގެ ވިދާޅުވުން ކަމަށްވެސް އެމްޕީ މުހައްމަދު އިސްމާއިލް ވިދާޅުވެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް