ލަދުވެތިކަމާއެކު ފިލާނީ ބައިވަރު ކަންތައްތަކެއް ފޮރުވަން ހުރީމަ: އަދީބު

ބޭސްފަރުވާއަށް ކަމަށްބުނެ ލަންކާއަށް ވަޑައިގެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލް އަހުމަދު، ކުއްލި ގޮތަކަށް އިނގިރޭސިވިލާތަށް ވަޑައިގެންފައިވާއިރު، ލަދުވެތިކަމާއެކު ފިލާނ...

02 Jul 2015 | 05:40

ބޭސްފަރުވާއަށް ކަމަށްބުނެ ލަންކާއަށް ވަޑައިގެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލް އަހުމަދު، ކުއްލި ގޮތަކަށް އިނގިރޭސިވިލާތަށް ވަޑައިގެންފައިވާއިރު، ލަދުވެތިކަމާއެކު ފިލާނީ ބައިވަރު ކަންތައްތަކެއް ފޮރުވަން ހުރީމަ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަދީބު މިހެން ވިދާޅުވީ ރޭ ކުރައްވާފައިވާ ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި އަދީބު ވިދާޅުވެފައިވަނީ ރައްޔިތުން ވޯޓު ދީގެން ސިޔާސީ ފަރާތްތައް ހޮވަނީ ބުރަ މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ. އަރާމު ކުރަން ނޫން ކަމަށެވެ. ދައުލަތުގެ ހަރަދުގައި ބޭރު ގައުމުތަކުގައި މަޖާކުރަން ނޫން ކަމަށެވެ.

https://twitter.com/Ahmed_Adeeb/status/616347623138553856

ނައިބު ރައީސް ޖަމީލުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވާއިރު ޖަމީލު ވިދާޅުވަނީ އިތުބާރުނެތްކަމުގެ މައްސަލައަކީ އޭގައި އެއްވެސް ހުތްޖަތެއް ނެތް މައްސަލައެއް ކަމަށާއި އެކަންކުރާބަޔަކު އެކަން އެ ކުރަނީ ޒާތީގޮތުން ކަމަށެވެ. އަދި އެމަނިކުފާނާ ދެކޮޅަށް ގެންނަން އުޅެނީ ބަގާވާތެއް ކަމަށާއި އެކަން ހުއްޓުވުމަށް ބޭރު ގައުމުތަކުގެ އެހީތެރިކަން ބޭނުންވާކަމަށްވެސް ޖަމީލު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް