މަޝްވަރާތައް ކުރިއަށްގެންދިއުމަށް ސަރުކާރުން އަދިވެސް ދޫދޭނެ: އުމަރު

ސަރުކާރުން އިސްނަގައިގެން ސިޔާސީ އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން އަދިވެސް ދޫދޭނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. މަޝްވަރާތައް ފެށުމުގެ ވާހ...

01 Jul 2015 | 20:29

ސަރުކާރުން އިސްނަގައިގެން ސިޔާސީ އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން އަދިވެސް ދޫދޭނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މަޝްވަރާތައް ފެށުމުގެ ވާހަކަތަކަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އުމަރު ވިދާޅުވީ މިހާރުވެސް ސަރުކާރުން ލުއިތަކެއް ދީފައިވާކަމަށާއި ސަރުކާރުން އަދިވެސް އޮތީ ލުއި ދިނުމަށް ތައްޔާރަށް ކަމަށެވެ.

އުމަރު ވިދާޅުވީ ވާހަކަތައް ކުރިއަށް ގެންދާނެ ގޮތުގެ އޮނިގަނޑެއް އެކުލަވާލައިގެން މަޝްވަރާތައް ކުރިއަށް ދާނީ އެމްޑީޕީން ހުށަހަޅާ ކަންތައް ސަރުކާރަށް ލިބުނީމާ ކަމަށާއި އަދި އަންނަ އާދީއްތަ ދުވަހު ފުރަތަމަ މަޝްވަރާތައް ބޭއްވުމަށް މިރޭ އެއްބަސްވެވުނު ކަމަށެވެ.

ވާހަކަތަކަށްފަހު އެމްޑީޕީގެ މަންދޫބު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ މަޝްވަރާތައް ކުރިއަށްގެންދެވުމަށް މައިގަނޑު ފަސް ނުކުތާއެއް އެމްޑީޕީން ހުށަހަޅާފައިވާނެ ކަމަށާއި އެ ނުގުތާތަކުގެ ތެރޭގައި ހުރިހާ ޕާޓީތައް އެއް މޭޒެއްގެ ދޮށުގައި މަޝްވަރާކުރުމާއި، ކޮންމެ ޕާޓީއެއް ތަމްސީލްކުރާނެ މަންދޫބުން ކަނޑައެޅުމުގެ އިޚްތިޔާރު އެ ޕާޓީއަކަށް އޮތުމާއި މަޝްވަރާތައް ކުރިއަށް ގެންދާނެ ގޮތުގެ އަސާސީ ތާވަލަކަށް އެއްބަސްވުމާއި ވާހަކަތައް ކާމިޔާބު ވެއްޖެ ތޯ ނޫންތޯ ކަނޑައަޅާނެ މިންގަނޑަކާ މެދު އެއްބަސްވުން ހިމެނޭ ކަމަށް އިބޫ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް