ބ. އަތޮޅު ކުޑަކުރިކިލު ރައްޔިތުން މި އަހަރުގެ އަޟްޙާ ޢީދު ފޯރިގަދަ ގޮތެއްގައި ފާހަގަކުރުމަށް ތައްޔާރުވަމުން އެބަ ދެއެވެ.
05 ޖޫން ވާ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން 09 ޖޫން ވާ ހޯމަ ދުވަހުގެ ނިޔަލަށް ދެމިގެންދާނެހެން ހުރިހާ ދުވަހަކަށް ޢީދު ހަރަކާތްތައް ބަހާލާފައިވާއިރު އެ ރަށުގެ ރައްޔިތުން މިހާރު ކުރަމުން އަންނަނީ ޢީދަށް ސްޓޭޖް އެޅުމާއި ރަށް ޒީނަތްތެރިކުރުން ފަދަ ޢީދުގެ ތައްޔާރީތަކެވެ.
ކުޑަރިކިލު ޢީދު ޝެޑިއުލް
05 ޖޫން – ބުރާސްފަތި
- ހިއްޗަށް ދިއުން – ރޭގަނޑު 08:30 ގައި – ރަށުގެ ބޮޑެތި މަގުތަކުގައި
- ޢީދު ވެދުމާއި ދިއުން – ރޭގަނޑު 09:30 ގައި – ބީޗު ސަރަހައްދުގައި
- ޢީދު ހުޅު – ރޭގަނޑު 10:30 ގައި – ކައުންސިލާ ދިމާ އަތިރިމަތީގައި
06 ޖޫން – ހުކުރު
- ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު – ހެނދުނު 07:00ގައި - ފުޓްސަލް ދަނޑުގައި
- ރައްޔިތުންގެ ޢީދު ސައި – ހެނދުނު 07:45ގައި – ފުޓްސަލް ދަނޑު ކުރިމަތީގައި
- ބޮޑުމާލި – ހެނދުނު 09:00 ގައި – ރަށުގެ ބޮޑެތި މަގުތަކުގައި
- އަންހެނުންގެ ގާއޮޑިލަވަ – ހަވީރު 04:30 ގައި – ބަނދަރުގައި
- ސްޓޭޖް ޝޯ – ރޭގަނޑު 09:00 ގައި ކުރީގެ ވޮލީކޯޓު ސަރަހައްދުގައި
7 ޖޫން – ހޮނިހިރު
- ފިރިހެނުންގެ ކޯޑި – ހެނދުނު 09:00ގައި – ރަށުގެމަގުތަކުގައި
- ބީޗް ކުޅިވަރު – މެންދުރު 01:30 ގައި – ކައުންސިލާ ދިމާ އަތިރިމަތީގައި
- ފިރިހެނުންގެ ގާއޮޑިލަވަ – ހަވީރު 04:30 ގައި ބަނދަރުގައި
- އަންހެނުންގެ މާލި އަދި ފަންކޯޑި – ރޭގަނޑު 08:30 ގައި – ރަށުގެ ބޮޑެތި މަގުތަކުގައި
- ފިރިހެނުންގެ ފުޓްސަލް މެޗު – ރޭގަނޑު 09:30 ގައި – ފުޓްސަލް ދަނޑުގައި
08 ޖޫން – އާދީއްތަ
- އަންހެނުންގެ ކޯޑި – ހެނދުނު 09:00ގައި – ރަށުގެ މަގުތަކުގައި
- އަންހެނުންގެ ވޮލީ މެޗު – ހަވީރު 04:30 ގައި – ވޮލީ ކޯޓުގައި
- ކޯޑި ކެނޑިމީހާ ގައިގާ ކުރަހައި ހިންގުވުން – ހަވީރު 05:45 އިން ރޭގަނޑު 08:15 އަށް
- ބޮޑުމަސް އަދި ލަނގިރި – ރޭގަނޑު 08:45ގައި – ކައުންސިލާއި ދިމާ އަތިރިމަތީގައި
09 ޖޫން – ހޯމަ
- ކޯޑި ފަރިވަޅު – މެންދުރު 01:30 ގައި – ބަނދަރުގައި
- އަންހެނުންގެ ފުޓްސަލް މެޗު – ރޭގަނޑު 09:15 ގައި – ފުޓްސަލް ދަނޑުގައި
- ފިރިހެނުންގެ ވޮލީ މެޗު – ރޭގަނޑު 10:00ގައި – ވޮލީ ކޯޓުގައި
- ވަދާއީ ޝޯ – ރޭގަނޑު 09:00 ގައި – ކުރީގެ ވޮލީކޯޓު ސަރަހައްދުގައި
ޢީދު ކުޅިވަރުތަކާއި އަދި ޢީދަށް ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭގޮތުން ކުޑަރިކިލު ކައުންސިލްގެ ރައީސް އަބްދުލް ހަންނާން އައްބާސް ވިދާޅުވީ ޢީދަށް ތައްޔާރުވުމަށް މިހާރު ކުރިއަށްދަނީ ސްޓޭޖް ހެދުމާއި ބަނދަރުގައި ގިޑިގެއެއް ބެހެއްޓުމުގެ މަސައްކަތް ކަމަށެވެ.
"މުޅި ޢީދުގައި ކުރިއަށްދާ ހުރިހާ ހަރަކާތެއް ލީޑުކުރާނެ ފަރާތްތައް ކަނޑައެޅި ޓާސްކުތައް ބަހާލެވިގެން ކުރިއަށްދާނީ" ރައީސް ވިދާޅުވިއެވެ.
ކުޑަރިކިލު ޢީދު ހަރަކާތްތަކުގެ މީޑިއާ ޕާޓްނަރަކީ ދުވަސް ނޫހެވެ. ދުވަސް ނޫހުގެ ނޫސްވެރިން މި ޢީދުގައި އެ ރަށަށް ގޮސް ޢީދުގެ ހަރަކާތްތަކުގެ އެންމެ ފަހުގެ ޚަބަރުތަކާއި ފޮޓޯ/ވީޑިއޯ ދުވަސްގެ ސޯޝަލް މީޑިއާ ޕްރޮފައިލްތަކުންނާއި ނޫސް މެދުވެރިކޮށް ގެނެސްދެމުން ގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް