އެމްއެންޑީއެފް ލ. ކައްދޫ ޕޯސްޓުން މިއަދު ކުރިއަށްގެންދިޔަ ތަމްރީނެއްގައި އުޅެނިކޮށް މިޔަރެއް ހަމަލާދިން ސިފައިންގެ މީހާ ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ރ. އުނގޫފާރު ނިއުލައިފް، އުމުރުން 23 އަހަރުގެމު މުޙައްމަދު ޒައިދާން އެވެ.
ދުވަހަށް މައުލޫމާތުދެމުން ލާމުން ވާހަކަދެއްކި މީހަކު ބުނީ މި ހާދިސާ ހިނގީ މިއަދު މެންދުރު ފަހު ވަގުތެއްގައި ލ. މާވަށް ކައިރި ކަނޑުއޮޅިއެއްގެ ކައިރީގައި ކަމަށާއި މިޔަރު ހަމަލާދިނީ އޭނާގެ ފަޔަށް ކަމަށެވެ.
"ފައިގެ ކުޑަކަޅުވާ މަސްގަނޑަށް ހަމަލާދިނީ، ލޭ މަނާ ނުވެ ނިޔާވީ" ދުވަހަށް މައުލޫމާތު ހިއްސާކުރި މީހާ ބުންޏެވެ.
އެމްއެންޑީއެފްއިން ބުނެފައިވާގޮތުގައި ލާންސްކޯޕްރަލް މުޙައްމަދު ޒައިދާން ނިޔާވީ ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިރޭ 08:40 ހާއިރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް