"ފަލަޟްޠީނާއެކު ދިވެހިން" މި ނަމުގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާލުމެއް ބޭއްވުމަށް ސަރުކާރުން މިއަދު ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ މިއަދުގެ ވަޒީރުންގެ މަޖިލީހުންނެވެ.
މިއަދުގެ ވަޒީރުންގެ މަޖިލީހުގައި އިސްރާއިލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހްތައް ގެނައުމަށް ނިންމަވައި އަދި މިކަން ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްވެސް މިއަދު އެކުލަވާލާފައިވެއެވެ.
މީގެ އިތުރުން ރައީސް އޮފީހުން ބުނެފައިވާގޮތުގައި މިއަދުވަނީ އެ ނިންމުމުގެ އިތުރުން ފަލަސްތީނާއި އިސްރާއީލްގެ މައްސަލައިގައި ރާއްޖޭގެ ފަރާތުން ފަލަސްޠީނުގެ ފަރާތުން އެދޭކަންކަން ދެނެގަތުމަށް ރައީސް ސްޕެޝިއަލް އެންވޯއިއެއް ކަނޑައެޅުއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމާފައިވެއެވެ.
ރައީސް އޮފީހުން މިއަދު ބުނެފައިވާގޮތުގައި ދިވެހިރާއްޖެއިން އިސްނަގައިގެން ފަލަޞްޠީނުގެ މައްސަލައަށް އަވަސް ޙައްލެއް ގެނައުމަށްޓަކައި އިސްލާމީ ޤައުމުތައް އެކުވެގެން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް