ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް ޒިޔާރަތެއް ކުރައްވައިފިއެވެ.
ސަފީރު، ވަން ލިޒިން މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲގެ އަރިހަށް މި ކުރެއްވި ޒިޔާރަތަކީ އިޚްތިރާމުގެ ޒިޔާރަތެއްކަމުގައި މަޖިލީހުން ބުނެފައިވެއެވެ. މި ޒިޔާރަތާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް މަޖިލީހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ އަރިހުގައި މަޖިލީހުގެ ނައިބުރައީސް އަހްމަދު ނާޒިމާއި ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ބައިވެރިވެވަޑައިގެންނެވިކަން ފޮޓޯތަކުން އެނގެއެވެ.
ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ މަޖިލީހުގެ ރައީސް ކަމަށް އަބްދުއްރަހީމް އަބްދުﷲ އިންތިޚާބުވެވަޑައިގެންނެވީ މިދިޔަ އަންގާރަ ދުވަހު ބޭއްވި 20 ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް