20 ވަނަ މަޖިލީހުގެ ދެވަނަ ޖަލްސާ މާދަމައަށް އެޖެންޑާކޮށްފިއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ޖަލްސާ އެޖެންޑާގައިވާގޮތުގައި މާދަމައަށް ތިންކަމެއް ތާވަލުކޮށްފައިވެއެވެ.
ފުރަތަމަ ކަމަކީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި 29 ޖަނަވަރީގައި އައްޔަންކުރައްވާފައިވާ ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައެވެ. އެއީ 19 ވަނަ މަޖިލީހުގެ ރުހުން ނުދިން ތިން ވަޒީރުންނެވެ.
ދެވަނަ ކަމަކަށް އޮތީ ޖޭއެސްސީއަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރަކު ކަނޑައެޅުމުގެ މައްސަލައެވެ. އަދި ތިންވަނަ ކަމަކަށް އެޖެންޑާކޮށްފައިވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުމުގެ މައްސަލައެވެ.
މީގެ އިތުރުން ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާކަންކަމަށް ވޯޓަށް އެހުން އޮންނާނެކަމަށް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް