އިންޑޮނޭޝިޔާއިން ޙައްޖަށް ދިޔަ މީހުންގެ ތެރެއިން މިހާތަނަށް 25 މީހަކު މަރުވެފައިވާކަމަށް ބުނެފި

މި އަހަރު ޙައްޖުގެ އަޅުކަން އަދާކުރަން އިންޑޮނޭޝިޔާއިން ސަޢޫދީ އަރަބިއްޔާއަށް ދަތުރުކުރި ފަރާތްތަކުގެ ތެރެއިން މިހާތަނަށް 25 މީހަކު ދުނިޔެ ދޫކޮށްފައިވާކަމަށް އެ ޤައުމުގެ ޞިއްޙަތާއިބެހޭ ވުޒާރާއިން ބުނެ...

02 Jun 2024 | 08:41

މި އަހަރު ޙައްޖުގެ އަޅުކަން އަދާކުރަން އިންޑޮނޭޝިޔާއިން ސަޢޫދީ އަރަބިއްޔާއަށް ދަތުރުކުރި ފަރާތްތަކުގެ ތެރެއިން މިހާތަނަށް 25 މީހަކު ދުނިޔެ ދޫކޮށްފައިވާކަމަށް އެ ޤައުމުގެ ޞިއްޙަތާއިބެހޭ ވުޒާރާއިން ބުނެފިއެވެ.

އިންޑޮނޭޝިޔާގެ ނޫސްތަކުގައި ބުނެފައިވާގޮތުގައި އެ އަދަދަކީ މި އަހަރު އެ ޤައުމުން ޙައްޖަށް މީހުން ދާން ފެށިފަހުން މިދިޔަ ހުކުރު ދުވަހާއި ހަމައަށް މަރުވެފައިވާ މީހުންގެ އަދަދެވެ. އަދި އޭގެ ތެރޭގައި ހިމެނެނީ މުސްކުޅި ބައްޔާއި ހިތުގެ ބަލިތައް ފަދަ ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ ފަރާތްތައްކަން ފާހަގަކޮށްފައިވެއެވެ.

އެ ޤައުމަށް މި އަހަރު ލިބުނު ޙައްޖު ކޯޓާގެ އަދަދަކީ 139,425 އެވެ. އެ އަދަދުން 131،513 މީހަކު މިހާރު ވަނީ ސަޢޫދީއަށް ދަތުރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް