ދިވެހި ހައްޖުވެރިންނަށް މުސައްލައާއި މުޞްޙަފް ހަދިޔާކޮށްފި

ރާއްޖެއިން ޙައްޖަށް ދިޔަ ފުރަތަމަ ބެޗްގެ ބައިވެރިންނަށް މުހައްލައާއި މުޞްޙަފް ހަދިޔާކޮށްފިއެވެ. ދިވެހި ހައްޖު މިޝަނުން މިއަދު ބުނެފައިވާގޮތުގައި "އެސޯސިއޭޝަން ފޮރ އެޑްވަކަސީ ގައިޑެންސް އެންޑް އެވެއަރނ...

02 Jun 2024 | 04:19

ރާއްޖެއިން ޙައްޖަށް ދިޔަ ފުރަތަމަ ބެޗްގެ ބައިވެރިންނަށް މުހައްލައާއި މުޞްޙަފް ހަދިޔާކޮށްފިއެވެ.

ދިވެހި ހައްޖު މިޝަނުން މިއަދު ބުނެފައިވާގޮތުގައި "އެސޯސިއޭޝަން ފޮރ އެޑްވަކަސީ ގައިޑެންސް އެންޑް އެވެއަރނަސް  އޮފް ކޮމިއުނިޓީސް' އިން ދިވެހި ޙައްޖުވެރިންނަށް ހަދިޔާކުރެއްވި ތަކެތި،  މައްކާއަށް ތިއްބެވި ދިވެހި ހައްޖުވެރިންނަށް މިހާރު ވަނީ ޙަވާލުކުރެވިއެވެ.

އެ ޖަމްޢިއްޔާއިން ހަދިޔާގެ ގޮތުގައި ދީފައިވަނީ މުޞްޙަފާއި މުސައްލައެވެ.  މިއީ ދިވެހި ޙައްޖުވެރިންނަށް މިފަދަ އެހީއެއް މިހާ ފުޅާދާއިރާއެއްގައި ފޯރުކޮށްދެވުނު ފުރަތަމަ ފަހަރުކަމާއި ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ހުރިހާ ފަރާތްތަކަށް މިތަކެތި ދެއްވުމަށް ހަމަޖެހިފައިކަމަށް ހައްޖު މިޝަނުން ބުނެފައިވެއެވެ.

މައްކާގައި ހިލޭ ސާބަހަށް މަސައްކަތްކުރާ އެ ޖަމްޢިއްޔާއަކީ ފުޅާދާއިރާއެއްގައި  އިސްލާމްދީނަށް ގޮވައިލުމާއި، ދީނީ މަޢުލޫމާތު ފެތުރުމާއި، ޙައްޖާއި އުމްރާގެ އަޅުކަމަށް މައްކާއަށް އަންނަ ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިވެދޭ ޖަމްޢިއްޔާއެކެވެ.

ދިވެހި ޙައްޖު މިޝަންއިން އެ ޖަމްޢިއްޔާއާއިއެކު އެންމެ ފުރަތަމަ ބޭއްވި ބައްދަލުވުމުގައި ވަނީ އެ ޖަމްޢިއްޔާއިން އެހީތެރިކަން ފޯރުކޮށްދޭ ދާއިރާތަކުން ދިވެހި ޙައްޖުވެރިންނަށް އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް މައްކާއަށް ގޮސްފައިވަނީ ހުކުރު ދުވަހުގެރޭގެ ވަގުތެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް