މާލެއިން ފުރައިގެން ރ. ރަސްގެތީމަށް ދަތުރުކުރަމުންދިޔަ ބޯޓެއްގައި ރޯވެ އަނދާ ހުލިވެއްޖެއެވެ.
މި ހާދިސާއާއި ގުޅޭގޮތުން އެމްއެންޑީއެފުން ބުނެފައިވާގޮތުގައި އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ "ހޮރައިޒިއާ 2" ނަމަކަށް ކިޔާ ބޯޓެއްގެ އިންޖީނު ރޫމުގައެވެ.
"މި ބޯޓުގައި އަލިފާން ރޯވެފައިވަނީ ބ. އަތޮޅު ފޯ ސީޒަން ރިސޯޓް އުތުރުން 3.04 ނޯޓިކަލް މޭލު ބޭރުން، ރިޕޯޓް ލިބުނީ މިރޭ 19:16 ހާއިރު" އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން އިތުރަށް ބުނެފައިވާގޮތުގައި މި ބޯޓުން ދަތުރުކުރި 10 މީހުން މިހާރު ވަނީ ފޯ ސީޒަން ރިސޯޓްގެ ލޯންޗަކަށް ނަގާފައެވެ. އަދި ބ. އޭދަފުށީ ސީ އެމްބިއުލާންސާއި ޅ. މާފިލާފުށިން ކޯސްޓްގާޑް ހާބަރކްރާފްޓް ލޯންޗު އެ ސަރަހައްދަށް ދިއުމަށް ދަތުރުކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ބައެއް ފޮޓޯ/ވީޑިއޯއިން ފެންނަގޮތުގައި މި ބޯޓު ވަނީ އަނދާ ހުލިވާން ގާތްވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް