ޖަޕާނުގައި ކުދިން އުފަންވާ ރޭޓު ރެކޯޑު އަދަދަކަށް ދަށްވެއްޖެއެވެ.
މިކަން ހާމަކޮށް އެ ޤައުމުގެ ހެލްތު މިނިސްޓްރީން ބުނީ ދަރިމައިވުމުގެ ނިސްބަތް ނުވަތަ އަންހެނަކު އުމުރުގައި އުފަންވި ކުދިންގެ އެވްރެޖް އަދަދަކީ 1.2565 ކަމަށެވެ.
އަދި އެއީ 2005 ވަނަ އަހަރު ކުރިން 1.2601 ގެ ދަށް މިންވަރާ އަޅާބަލާއިރު، ސްޓޭބަލް އާބާދީއެއް ދެމެހެއްޓުމަށް ބޭނުންވާ ކަމަށް ބެލެވޭ 2.07 ގެ ރޭޓަށް ވުރެ މާ ދަށް އަދަދެކެވެ.
މި ހަފްތާގައި ޑޭކެއާ ފެސިލިޓީއަކަށް ޒިޔާރަތް ކުރައްވައި އެ ޤައުމުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ވަނީ އުފަންވާ ރޭޓު ދަށްވުން ހުއްޓުވުމަކީ އޭނާގެ ސަރުކާރުގައި އެންމެ އިސްކަމެއް ދޭ ކަމެއް ކަމަށާއި ދަރަނި ބޮޑު ނަމަވެސް ސަރުކާރުން ރާވާފައި ވަނީ ކުޑަކުދިން ބަލަހައްޓައި ބެލެނިވެރިންނަށް އެހީތެރިވުމަށް އަހަރަކު 3.5 ޓްރިލިއަން ޔެން (25 ބިލިއަން ޑޮލަރު) ޚަރަދުކުރުމަށް ކަމަށް ވިދާޅުވެފައެވެ.
އަދި 2030 ގެ އަހަރުތަކުގައި ޒުވާނުންގެ އާބާދީ ވަރަށް ބޮޑަށް ދަށްވާން ފަށާނެ ކަމަށާއި އޭގެ ކުރިން އޮތް މުއްދަތަކީ ވިހެއުން ކޮންޓްރޯލް ކުރުމުގެ ޓްރެންޑް ފަހަތަށް ޖައްސަން ލިބޭ އެންމެ ފަހު ފުރުސަތު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ކޮވިޑް 19 ގެ ޕެންޑަމިކާއި އެކު ޖަޕާނުގެ ޑިމޮގްރަފިކް ގޮންޖެހުންތައް އިތުރަށް ގޯސްވެފައި ވާއިރު، ފާއިތުވި އަހަރުތަކުގައި ކައިވެނިކުރުން މަދުވުމުން އުފަންވާ ރޭޓު ދަށްވެ، ކޮވިޑް 19 ގެ ސަބަބަން ވަނީ މަރުވާ ރޭޓު އިތުރުވެފައެވެ.
ޖަޕާނުގައި އަލަށް އުފަންވާ ކުދިންގެ އަދަދު މިދިޔަ އަހަރު 5 ޕަސެންޓް ދަށްވެ 770،747 އަށް އަރާފައި ވާއިރު، މަރުވި މީހުންގެ އަދަދު 9 ޕަސެންޓް އިތުރުވެ ރެކޯޑް 1.57 މިލިއަނަށް އަރާފައިވާ ކަމަށް ޑޭޓާއިން ދައްކަ އެވެ. ހަމައެހެންމެ މިދިޔަ އަހަރު ޖަޕާނުގައި 47،000 އަށް ވުރެ ގިނަ މީހުން މަރުވެފައި ވަނީ ކޮރޯނާ ވައިރަސްގެ ސަބަބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް