265 ދުވުންތެރިންނާއެކު އާރޯ އެމްވީ ރަން 2023 ނިންމާލައިފި

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން ކޮންމެ އަހަރަކު ކުރިއަށްގެންދާ އެމްވީ ރަންގެ ދެވަނަ އެޑިޝަން، އާރޯ އެމްވީ ރަން 2023 މިއަދު ކުރިއަށް ގެންގޮސްފިއެވެ. ޖުމްލަ 265 ދުވުންތެރިންނާއެކު މި ދުވުން ކުރިއ...

02 Jun 2023 | 10:56

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން ކޮންމެ އަހަރަކު ކުރިއަށްގެންދާ އެމްވީ ރަންގެ ދެވަނަ އެޑިޝަން، އާރޯ އެމްވީ ރަން 2023 މިއަދު ކުރިއަށް ގެންގޮސްފިއެވެ.

ޖުމްލަ 265 ދުވުންތެރިންނާއެކު މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކާއި ހުޅުމާލޭގެ ބައެއް މަގުތަކުގައެވެ.

މިއަދު ހެނދުނު 07:00 ގައި ފެށި މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ މައިގަނޑު ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ކޮމްޕެޓިޓިވް ރަނާސް ކެޓަގަރީ އާއި ލަކީ ރަނާސް ކެޓަގަރީއެވެ.

ކޮމްޕެޓިޓިވް ރަނާސް ކެޓަގަރީ ކުރިއަށްގެންގޮސްފައިވަނީ އަންހެން އަދި ފިރިހެން ވަކިން ފަސް އުމުރު ފުރާއިން ވަނަ ވަނަ ހޮވާގޮތަށެވެ.

ލަކީ ރަނާސް ކެޓަގަރީ ކުރިއަށް ގެންގޮސްފައިވަނީ ކެޓަގަރީގައި 50 މިނެޓުގެ ތެރޭގައި ފަސް ކިލޯ މީޓަރުގެ އެ ރޭސް ނިންމި އެންމެނަށް ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދިޔައެވެ.

ވަނަވަނައަށް ދިޔަ ދުވުންތެރިންނަށް ބަލައިލާއިރު:-

19 އަހަރުން ދަށުގެ ފިރިހެން

  • ތިންވަނަ – މުހައްމަދު އީހާން އުމަރް (ބިބް 111 – 19 މިނެޓް 31 ސިކުންތު)
  • ދެވަނަ – އާއިޝް (ބިބް 116 – 19 މިނެޓް 8 ސިކުންތު)
  • އެއްވަނަ – އަބްސަލް އަބްދުﷲ (ބިބް 109 – 18 މިނެޓް 32 ސިކުންތު)

19 އަހަރުން ދަށުގެ – އަންހެން

  • ތިންވަނަ – ލުމާ (ބިބް 112 – 23 މިނެތް 10 ސިކުންތު)
  • ދެވަނަ – ޝަލްޝަލް މޫބީން ޖަލީލް (ބިބް 108 – 23 މިނެޓް 09 ސިކުންތު)
  • އެއްވަނަ – ޝަނާ އަލީ (ބިބް 101 – 22 މިނެޓް 48 ސިކުންތު)

20 އަހަރާއި 29 އަހަރާއި ދެމެދު – ފިރިހެން

  • ތިންވަނަ – މުހައްމަދު ފަވާޒް (ބިބް 127 – 18 މިނެޓް 3 ސިކުންތު)
  • ދެވަނަ – އިރޭ (ބިބް 117 – 17 މިނެޓް 7 ސިކުންތު)
  • އެއްވަނަ – ޔޫސުފް އިބްރާހިމް (ބިބް 118 – 16 މިނެޓް 14 ސިކުންތު)

20 އަހަރާއި 29 އަހަރާއި ދެމެދު – އަންހެން

  • ތިންވަނަ – އިވީ (ބިބް 126 – 29 މިނެޓް 40 ސިކުންތު)
  • ދެވަނަ – އައިމިނަތު ސުހާ ހާޝިމް (ބިބް 165 – 29 މިނެޓް 24 ސިކުންތު)
  • އެއްވަނަ – ރާނިޔާ (ބިބް 125 – 24 މިނެޓް 42 ސިކުންތު)

30 އަހަރާއި 39 އަހަރާއި ދެމެދު – ފިރިހެން

  • ތިންވަނަ – ޝަރަފް (ބިބް 139 – 17 މިނެޓް 43 ސިކުންތު)
  • ދެވަނަ – ޝިފާޒް (ބިބް 147 – 17 މިނެޓް 26 ސިކުންތު)
  • އެއްވަނަ – މުހައްމަދު (ރަނިން މޯޑް) (ބިބް 137 – 17 މިނެޓް)

30 އަހަރާއި 39 އަހަރާއި ދެމެދު – އަންހެން

  • ތިންވަނަ – އަޒްހާ އަބްދުﷲ (ބިބް 135 – 31 މިނެޓް 59 ސިކުންތު)
  • ދެވަނަ – މުނާ މުނީރް (ބިބް 149 - 30 މިނެޓް 50 ސިކުންތު)
  • އެއްވަނަ – އިއްތި (ބިބް 132 – 24 މިނެޓް 30 ސިކުންތު)

40 އަހަރާއި 49 އަހަރާއި ދެމެދު  - ފިރިހެން

  • ތިންވަނަ – އަބްދުﷲ (ބިބް 157 – 19 މިނެޓް 45 ސިކުންތު)
  • ދެވަނަ – އިބްރާހިމް (ބިބް 156 – 19 މިނެޓް 19 ސިކުންތު)
  • އެއްވަނަ – އަބްދުﷲ (ބިބް 153 – 18 މިނެޓް 34 ސިކުންތު)

40 އަހަރާއި 49 އަހަރާއި ދެމެދު – އަންހެން

  • ތިންވަނަ – މާޔަން (ބިބް 175 – 28 މިނެޓް 53 ސިކުންތު)
  • ދެވަނަ – ހުސީ (ބިބް 152 – 25 މިނެޓް 13 ސިކުންތު)
  • އެއްވަނަ – މަރިޔަމް އަބްދުލްކަރީމް (ބިބް 155 – 22 މިނެޓް 16 ސިކުންތު)

50 އަހަރުން މަތި – ފިރިހެން

  • ތިންވަނަ – އިސްމާއިލް ރަޝީދު (ބިބް 199 – 21 މިނެޓް 47 ސިކުންތު)
  • ދެވަނަ – ސައުދު (ބިބް 197 – 21 މިނެޓް 45 ސިކުންތު)
  • އެއްވަނަ – އިބާން (ބިބް 184 – 20 މިނެޓް 32 ސިކުންތު)

50 އަހަރުން މަތި – އަންހެން

  • ތިންވަނަ – ނައްޓު (ބިބް 185 – 32 މިނެޓް 31 ސިކުންތު)
  • ދެވަނަ – މަދީ (ބިބް 182 – 30 މިނެޓް)
  • އެއްވަނަ – ލީލާ އަހްމަދު (ބިބް 194 – 27 މިނެޓް 16 ސިކުންތު)

ކޮމްޕެޓިޓިވް ކެޓަގަރީގެ ވަނަ ވަނައަށް ފައިސާގެ އިނާމު ދީފައިވެއެވެ. ކޮންމެ އުމުރުފުރާއެއްގެ އަންހެން އަދި ފިރިހެން އެއްވަނަ ދެވަނަ އަދި ތިންވަނަ އަށް ފައިސާގެ އިނާމު ދީފައިވެއެވެ.

އެގޮތުން ތިންވަނައަށް 2500 ރުފިޔާ، ދެވަނައަށް 4000 ރުފިޔާ އަދި އެއްވަނައަށް 7500 ރުފިޔާ ދީފައިވެއެވެ.

މީގެ އިތުރުން ދުވުންތެރިންގެ މެދުގައި ގުރުއަތު ނެގުމަށްފަހު ދުވުންތެރިންގެ ތެރެއިން ގުރުއަތުން 10 ދުވުންތެރިން ހޮވައި، ކޮންމެ ކޮންމެ ދުވުންތެރިއަކަށް 10،000 ރުފިޔާގެ ކޭޝް ޕްރައިޒް ދީފައިވެއެވެ. އަދި ގުރުއަތުން އިތުރު 10 ދުވުންތެރިން ހޮވައި، ކޮންމެ ދުވުންތެރިއަކަށް ޓީއެފްޖީއިން ވީއޯޓޫ މެކްސް ޓެސްޓެއް ހެދުމުގެ ފުރުސަތާއި އާރޯ ފެނުގެ ފަރާތުން ގިފްޓް ޕެކެއް ދީފައިވެއެވެ.

ޓީއެފްޖީއިން މިދިޔަ އަހަރު އަލަށް އިއުލާނުކޮށް ކާމިޔާބުކަމާއެކު ކުރިއަށްގެންދިޔަ އެމްވީ ރަން ސީރީޒްގެ މި އަހަރު ކުރިއަށް މި ގެންދިޔައީ މި ރަންގެ ދެވަނަ ސީރީޒްއެވެ. މިއަހަރުގެ ރަން އަދި 2024 ވަނަ އަހަރުގެ އެމްވީ ރަންގެ މެއިން ސްޕޮންސަރަކީ އެމްޑަބްލިއުއެސްސީގެ ޕްރީމިއަމް ފެނުގެ ބްރޭންޑް "އާރޯ" އެވެ. އެހެންކަމުން މި އަހަރު އަދި އަންނަ އަހަރުވެސް މި ރަން ކުރިއަށްދާނީ "އާރޯ އެމްވީ ރަން" ގެ ގޮތުގައި ކަމުގައި ޓީއެފްޖީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް