މަސްދަޅުގައި ހިމެނޭ ތެޔޮފޮދު އުކާލަން ނުޖެހޭނެހެން ތެޔޮ މަދުކޮށް އުފައްދާފައިވާ މަސްދަޅެއް މިފްކޯއިން މިއަދު ތައާރަފްކޮށްފިއެވެ.
މި އުފެއްދުން ތައާރަފްކޮށްފައިވަނީ މިއަދު ފެށިގެން ކުރިއަށްދާ ފުޑް އެންޑް ބެވަރެޖް ޝޯގެ ތެރެއިންނެވެ. މި އުފެއްދުން ލޯންޗުކޮށްދެއްވީ ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމެވެ.
މި އުފެއްދުން މި މަހުގެ ތެރޭގައި ބާޒާރަށް ނެރޭނެކަމަށް މިފްކޯޢިން ބުނެއެވެ.
މި އުފެއްދުމާއިމެދު މިފްކޯއިން ބުނެފައިވަނީ އުފެއްދުންތެރި ޓެކްނޮލޮޖީއާއެކު މަދު ތެޔޮފޮދެއް ބޭއްނުންކޮށްގެން ތައްޔާރުކުރާ މި މަސްދަޅު "ޗަންކްސް އިން އޮއިލް" މަސްދަޅަށްވުރެ އަގު ހެޔޮ ވާނެކަމަށެވެ. އަދި ދަޅުގައި ހުންނަ ތެޔޮ އުކާލަން ނުޖެހުމުން ބަދި ތަޣައްޔަރުވުން ކުޑަވެ މަސްދަޅު ބޭނުންކުރަން ފަސޭހަވާނެކަމުގައި މިފްކޯއިން ބުނެއެވެ.
މި އުފެއްދުމަށް މިފްކޯއިން ދީފައިވާ ނަމަކީ "ޑްރެއިންޑް ޓޫނާ ޗަންކްސް" އެވެ. މި ބާވަތުގެ މަސްދަޅު އޮލިވް އޮއިލް، ސަން ފްލާވާ އޮއިލް އަދި ސޯޔާ ބީން އޮއިލްފަދަ ތަފާތު ވެރައިޓީތަކުގައި އުފައްދާނެކަމުގައިވެސް މިފްކޯއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް