އައްޑޫ ސިޓީ ފޭދޫގައި ރޭ ހިންގި މާރާމާރީގައި ޒަހަމްކޮށްލި މީހާ މަރުވެއްޖެ އެވެ.
އެމީހާ މަރުވީ ލިބުނު ޒަހަމްތަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ. މަރުވީ އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ރޭ މެންދަމު 3:10 ހާއިރު ފޭދޫގައި ހިންގި މާރާމާރީގައި އޭނާގެ ބުރަކައްޓަށް ވަރަށް ފުންކޮށް ހަމަލާދީފައި ހުރުމުން މެޔަށް ވެސް އޭގެ އަސަރުކޮށްފައިވެ އެވެ. މުހައްމަދު ޒަޔާން މޫސާ ނަމަކަށް ކިޔާ އެމީހާ މަރުވީ އެ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.
މި މާރާމާރީ އަކީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ފޭދޫގައި ހިންގި މާރާމާރީ އާއި ގުޅުން ހުރި ކަމެކެވެ. އެރޭގެ މާރާމާރީގައި19 އަހަރުގެ ޒުވާނަކު ޒަހަމްވެފައިވާއިރު އޭނާގެ ސިކުނޑިއަށް ލޭ އެޅިފައި ހުރުމުން އިތުރު ފަރުވާއަށް އިއްޔެ ވަނީ މާލެ ގެނެސްފަ އެވެ.
މި މައްސަލަތަކާއި ގުޅިގެން މީހަކު ހައްޔަރެއް އަދި ނުކުރެ އެވެ. ފުލުހުން ބުނީ މާރާމާރީތަކާ މަސްތުވާތަކެއްޗާ ގުޅުން އެބަހުރި ކަމަށެވެ.
އެ މައްސަލަތައް އިތުރަށް ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް