ބީއެމްއެލްގެ ސީއީއޯ ޓިމް، މަގާމުން ވަކިވެވަޑައިގެންނަވަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ ޓިމް ސޯޔަރ މަގާމުން ވަކިވެވަޑައިގެންނަވަން ނިންމަވައިފި އެވެ. މިކަން ހާމަ ކުރެއްވީ މިއަދު ބޭންކުގެ މުވައްޒަފުންނަށް ފޮޮނުއްވި ލިޔުމެއްގައި އެވެ. އޭގައި އޭ...

02 Jun 2022 | 06:23

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ ޓިމް ސޯޔަރ މަގާމުން ވަކިވެވަޑައިގެންނަވަން ނިންމަވައިފި އެވެ.

މިކަން ހާމަ ކުރެއްވީ މިއަދު ބޭންކުގެ މުވައްޒަފުންނަށް ފޮޮނުއްވި ލިޔުމެއްގައި އެވެ.

އޭގައި އޭނާ ވިދާޅުވީ ކޮންޓްރެކްޓް އާ ނުކުރައްވަން ބޭންކުގެ ބޯޑާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެހެން ކަމުން ދެން ބޭންކުގައި ހިދުމަތްކުރާނީ މަހެއް ނުވަތަ ދެ މަހެއްހާ ދުވަހު ކަމަށް ޓިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި ވޭތުވެދިޔަ މުއްދަތުގައި މުވައްޒަފުންނާއި ބޭންކު ހޯދި ކާމިޔާބީ އަށް އޭނާ ފަހުރުވެރިވެ ވަޑައިގަނެ އެވެ. އަދި ބޭންކާއެކު ހޭދަކުރި މުއްދަތަކީ އޭނާއަށް ވެސް ވަރަށް އުފާވެރި ދުވަސްތަކެއް ކަމަށް ވިދާޅުވި އެވެ.

ޓިމްގެ ލިޔުމުގައި ވިދާޅުވެފައިވާ ގޮތުގައި މި ވޭތުވެދިޔަ އަހަރުތަކަކީ ބޭންކަށް ވަރަށް ދަތި އުނދަގޫ އަހަރުތަކެކެވެ. ވަކިން ހާއްސަކޮށް ކޯވިޑްއާ އެކު ދިމާވީ ބޮޑު ގޮންޖެހުންތަކެއްކަން ފާހަގަކޮށް އެ ދަތިތަކުން އަރައިގަނެ މިއަދު ބޭންކު މިއޮތީ ކުރިމަގުގައި ވެސް ކާމިޔާބު ހޯދޭނެ ވަރަށް، ރަނގަޅު ހާލަތެއްގައި ކަމަށް ވިދާޅުވި އެވެ.

ބީއެމްއެލް އިން މިދިޔަ އަހަރު ބޭންކުން ވަނީ 1.9 ބިލިއަން ރުފިޔާގެ ސާފު ފައިދާ ހޯދައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް