އައްޑޫ ސިޓީ ފޭދޫގައި ހިންގި ގްރޫޕު މާރާމާރީތަކެއްގައި ދެމީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މީގެ ތެރެއިން ފުރަތަމަ މާރާމާރީ ހިންގީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ކަމަށެވެ. އެ މާރާމާރީގައި އަނިޔާވެފައިވަނީ އުމުރުން19 އަހަރުގެ ފިރިހެނަކަށެވެ.
އޭނާއަށް ލިބުނު އަނިޔާތަކަށް އައްޑޫ ހިތަދޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިއްޔެ ވަނީ މާލެ ގެނެސްފަ އެވެ. މާލެ ގެނައިނީ އޭނާގެ ސިކުނޑިއަށް ލޭ އެޅިފައި ހުރުމުން ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެ އެވެ.
ދެވަނަ މާރާމާރީ ހިންގީ ރޭ ދަންވަރު 3:10 ހާއިރުއެވެ. އެ މާރާމާރީގައި އުމުރުން 21 އަހަރުގެ މީހަކަށް އަނިޔާ ވެގެން އިކުއެޓޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ވެސް ސީރިއަސްއެވެ.
މި މައްސަލަތަކާއި ގުޅިގެން މީހަކު ހައްޔަރެއް އަދި ނުކުރެ އެވެ. ފުލުހުން ބުނީ މާރާމާރީތަކާ މަސްތުވާތަކެއްޗާ ގުޅުން އެބަހުރި ކަމަށެވެ.
އެ މައްސަލަތައް އިތުރަށް ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް