ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވ. އާރަށު މައްސަލައިގައި އުފުލާފައިވާ ދެ ދައުވާގެ ޝަރީއަތް ފެށުމަށް މިއަދު ތާވަލުކުރި އަޑުއެހުން ކްރިމިނަލް ކޯޓުން ކެންސަލްކޮށްފި އެވެ.
އަޑުއެހުން ތާވަލްކޮށްފައި އޮތީ މިއަދު މެންދުރު1:00 އަށެވެ. ކްރިމިނަލް ކޯޓުން ބުނީ ޝަރީއަތް ކެންސަލް ކުރީ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް އާލާސްކަންފުޅާ އުޅުއްވާތީ ކަމަށެވެ.
އާރަށު މައްސަލައިގަ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް އެރަށް ވަކި ފަރާތަކަށް ހޯދައި ދިނުމަށް ރައީސް ޔާމީން ރިޝްވަތު ގަބޫލުކޮށް އަދި ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ ލޯންޑާ ކުރި ކަމަށް ބުނެ އެވެ. އެ ދެ ދައުވާއަށް ވެސް ޔާމީން ވަނީ އިންކާރުކުރައްވާފަ އެވެ.
މިއަދު ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދަން އޮތީ ލައިވް ކުރާ ގޮތަށެވެ.
އާރަށުގެ މައްސަލައިގެ ޝަރީއަތް ކޯޓުގައި ފެށިފަހުން ކޮންމެ ދުވަހަކު ވެސް ރައީސް ޔާމީން ގެންދެވީ ޝަރީއަތް ލައިވް ކުރުމަށް އެދިވަޑައިގަންނަވަމުންނެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ކުރިން ވިދާޅުވަމުން ގެންދެވީ ޝަރީއަތް ލައިވް ކުރެވޭނެ ފަދަ ވަސީލަތްތައް ކޯޓުގައި ނެތް ކަމަށެވެ.
މިހާރު ލައިވް ކުރަން ނިންމާފައިވަނީ ކޯޓުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް