ދާންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ދެ ވަނަ ޝިޕްމެންޓު ގެންގޮސްފި

ގއ. ދާންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި އެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީނ...

02 Jun 2022 | 04:18

ގއ. ދާންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ.

އެކުންފުނިން ބުނީ ބޮޑޫހިލައިގެ ދެ ވަނަ ޝިޕްމެންޓު އިއްޔެ ސައިޓަށް ގެންދެވިފައިވާ ކަމަށެވެ. އަދި ބަންޑް ވޯލް އެޅުމުގެ މަސައްކަތް ވަނީ ފުރިހަމަ ކުރެވިފަ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ ބިންހިއްކާނެ އެވެ. އަދި  1238 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން 240 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.

މި މަޝްރޫޢަކީ 186.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް