ބޮލީވުޑްގެ ކިންގް ހާން، ޝާހްރުކް ހާނަށް އެންމެ ފަހުން ޕަޕަރާޒީންގެ ކިބައިން ސަލާމަތް ނުވެވުނު ވާހަކަ އަކީ މިހާރު އެންމެ މަޖާ ވާހަކަ އެވެ.
މިދިޔަ އަހަރު ދަރިފުޅު އާރްޔަން ހާން މަސްތުވާތަކެތީގެ މައްސަލައިގަ ހައްޔަރު ކުރި ފަހުން ޝާހްރުކް ވަނީ މުޅިން ހެން އާންމުންގެ ތެރެއިން ގެއްލިފަ އެވެ. ތަނަކަށް ދިޔަޔަސް އުޅެނީ ވަރަށް ސިއްރުން ކަމަށްވެ އެވެ.
އޭނާއަށް ފާރަލައިގެން ކާރު ފަހަތުން ކިތަންމެ ވަރަކަށް ޕަޕަރާޒީން ފަހަތުން ދުއްވިޔަސް ސާހްރުކްގެ ވީޑިއޯއެއް، ކީއްކުރަން ބޮލުގެ ފުއްކިބަ އަރާވަރުގެ ފޮޓޯއެއްވެސް ނެގިފައެއް ނުވެ އެވެ. ނޫސްތަކުން ބުނާގޮތުގައި ޝާހްރުކް އުޅުނީ މިދިޔަ ދުވަސްތަކުގައި އާންމުން ކޮށްފައިވާނެ ސުވާލަކާއި ހެދި ޕަޕަރާޒީންނާއި ކުރިމަތިލާން ލަދުންނެވެ.
އާރްޔަންގެ މައްސަލަ ޖެހުނު ފަހުން ތަނަކަށް ދިޔަޔަސް ޝާހްރުކް ވަދެ ނުކުމެ ހަދަނީ އެތަނެއްގެ ވަލު ދޮރުއަށިން ކަމަށްވެ އެވެ. އެ ނުކުންނަ އިރުވެސް ކަޅު ކުޑައެއް އަޅައި އޭނާގެ މޫނު އެއްގޮތަކަށްވެސް ނުފެންނާނެހެން ހަދަ އެވެ.
އަދި ކާރުގައިވެސް ކަޅު ބިއްލޫރި ޖަހައި މީހަކަށް ޝާހްރުކްގެ މޫނު ނުފެންނާނެ ހުރިހާ ގޮތެއް އުޅުނީ ހަދައިގެންނެވެ.
yogen shah on Instagram: “#shahrukhkhan clicked at a dubbing studio in Mumbai today. #yogenshah”
އެކަމަކު ޕަޕަރާޒީން ވަނީ ހިތްވަރު އެލުވާ ނުލާ އެންމެ ފަހުން ޝާހްރުކްގެ މޫނު ކުޑަކޮށްވެސް ދައްކާލެވޭވަރު ކޮށްފަ އެވެ. އޭނާ ޑަބިން ސްޓޫޑިއޯއަކުން ނުކުތީ އެ ސަރަހައްދުގައި ޕަޕަރާޒީން ތިބުމުން އާންމުކޮށް ބޭނުން ކުރާ ކަޅު ކުޑަ އަޅައިގެންނެވެ.
ފޮޓޯ އާއި ވީޑިއޯ ނަގަން އެކި އޭންގަލްތަކުން އެމީހުން ވަނީ ޝާހްރުކްގެ މޫނު އަރާވަރުކޮށްފަ އެވެ. މިއީ ގިނަ ބަޔަކު ގަބޫލު ކުރި ގޮތުގައި ޕަޕަރާޒީން ހޯދި ވަރަށް ބޮޑު ކާމިޔާބެކެވެ.
އަދި ޝާހްރުކްގެ ގިނަ ސަޕޯޓަރުން ޕަޕަރާޒީންނަށް ޝުކުރު އަދާކޮށްފައިވާއިރު ގިނަ ދުވަސްތަކެއް ފަހުން ފެނުނު އިރު އައިސްފަ ހުރި ބަދަލާއި ގުޅޭގޮތުންވެސް ބައެއް މީހުން ވާހަކަ ދައްކާފައިވެ އެވެ.
ޝާހްރުކް އެންމެ ފަހުން ފެނިގެން ދިޔައީ2018 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ޒީރޯ" އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް