އިހުމާލެއް އޮތްތޯ ބެލުމަށް ފަހު، އިސްތިއުފާ ދިނުމާއި މެދު ޖަވާބެއް ދޭނަން: ނަސީމް

އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދަށް ފަރުވާ ދިނުން ލަސްވެގެން ކޯވިޑްގައި ނިޔާވި މައްސަލައިގަ އިހުމާލެއް ވޭތޯ ބެލުމަށް ފަހު އިސްތިއުފާ ދެއްވުމާއި މެދު ގޮތެއް ނިންމަވާނެ ކަމަށް ހެލްތް މިނިސ...

02 Jun 2021 | 18:01

އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދަށް ފަރުވާ ދިނުން ލަސްވެގެން ކޯވިޑްގައި ނިޔާވި މައްސަލައިގަ އިހުމާލެއް ވޭތޯ ބެލުމަށް ފަހު އިސްތިއުފާ ދެއްވުމާއި މެދު ގޮތެއް ނިންމަވާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ކޯވިޑް ޖެހިގެން ރޭ މިޝްކާ މަރުވި މައްސަލައިގަ އެކަމުގެ ކަންބޮޑުވުން އެ ކުއްޖާގެ އާއިލާއިންނާއި ބައެއް އާންމު ރައްޔިތުންވެސް ދަނީ ފާޅުކުރަމުންނެވެ. އަދި އާންމު އާންމުން ދަނީ ނަސީމްގެ އިސްތިއުފާއަށް ގޮވަމުންނެވެ.

މިރޭ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އެކަން ހިނގާދިޔަ ގޮތް ބަލަމުން އަންނަ ކަމަށެވެ. އަދި މިރޭ އޭގެ ފައިނަލް ރިޕޯޓު ލިބޭނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިޝްކާގެ މަރުގެ މައްސަލައިގަ ބަލާ ކަންކަމުގެ ތެރޭގައި ކޯލް ސެންޓަރުގެ މައްސަލަތަކާއި ކޯލް ސެންޓަރަށް ހާއްސަކޮށްގެން އަހަންމިއްޔަތުކަން ދޭން ޖެހޭ ކޯލުތަކުގެ އައިޑެންޓިފިކޭޝަން ހެދުމުގެ މަސައްކަތްތަކެއް ހިމެނޭ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ކޮވިޑް ޖެހިގެން ރޭ މަރުވި މިޝްކާގެ މަރުގެ މައްސަލައިގައި އޭނާގެ އިހުމާލެއް އޮތްތޯވެސް ބައްލަވާނެ ކަމަށެވެ.

އަދި އެ މަގާމުގައި ހުންނެވިޔަސް އެ މައްސަލަ ބެލޭނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް