ކޯވިޑް-19 އަށް އިތުރު 704 މީހުން ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު މާލެ ސަރަހައްދުން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 407 މީހުން ކަމަށެވެ. އަތޮޅު ތެރެއިން 271 މީހަކު ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން މިއަދު ބަލި ޖެހިފައިވަނީ 18 މީހުންނަށެވެ. އަދި ތަރައްގީ ކުރަމުން އަންނަ ރަށްތަކުން އަށް މީހަކު ޕޮސިޓިވްވެފައިވެ އެވެ.
ކޯވިޑަށް މިއަދު ޓެސްޓު ކޮށްފައިވަނީ 5،181 ސާމްޕަލެވެ.
މި ވަގުތު ކޯވިޑް ޖެހިގެން ފަރުވާ ދެމުން ދަނީ 23،909 މީހުންނަށެވެ. އޭގެ ތެރެއިން 197 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންްނެވެ.
މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 41،779 މީހުންނެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން މިއަދު ވަނީ ދެމީހަކު މަރުވެފައި އެވެ. އެއީ އުމުރުން 10 އަހަރުގެ ކުއްޖަކާއި 84 އަހަރުގެ މީހެކެވެ. މިހާތަނަށް ރާއްޖެއިން ކޯވިޑްގައި މަރުވެފައިވަނީ 171 މީހުންނެވެ.
ރާއްޖެއިން ކޯވިޑް ޖެހުނު އަދަދު މިއަދު ވަނީ 65،868 އަށް އަރާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް