ޓެކްސީގެ އެތެރެ ފެންނަހެން އަލި ބިއްލޫރި ޖަހަން ދިން މުއްދަތު އިތުރުކޮށްފި

ޓެކްސީގެ އެތެރެ ފެންނަހެން ބިއްލޫރި ޖަހަން ދިން މުއްދަތު ޓްރާންސްޕޯޓް އޮތޯރިޓީއިން އިތުރުކޮށްފިއެވެ. އެ އޮތޯރިޓީން ބުނެފައި ވަނީ، ޓެކްސީކުރާ އުޅަނދުގެ 04 ދޮރުފަތާއި ވިންޑްސްކްރީނުގެ ބިއްލޫރި އެތެރެ ފެ...

02 Jun 2021 | 14:37

ޓެކްސީގެ އެތެރެ ފެންނަހެން ބިއްލޫރި ޖަހަން ދިން މުއްދަތު ޓްރާންސްޕޯޓް އޮތޯރިޓީއިން އިތުރުކޮށްފިއެވެ.

އެ އޮތޯރިޓީން ބުނެފައި ވަނީ، ޓެކްސީކުރާ އުޅަނދުގެ 04 ދޮރުފަތާއި ވިންޑްސްކްރީނުގެ ބިއްލޫރި އެތެރެ ފެންނަ ސާފު ބިއްލޫރިއަށް ބަދަލު ކުރުމަށް ދީފައިވާ މުއްދަތު 31 ޖަނަވަރީ 2022 ގެ ނިޔަލަށް މިހާރު ވަނީ އިތުރު ކުރެވިފައި ކަމަށެވެ.

ޓެކްސީ ޤަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ޓެކްސީކުރާ އުޅަނދުގެ ބިއްލޫރި ހުންނަންވާނީ މަގެއްގެ އަރިމަތީގައި ހުންނަ މީހަކު އާދައިގެ ގޮތަކަށް އެ އުޅަނދު ބަލާއިރު، އެ އުޅަނދުން ދަތުރުކުރާ ފަސިންޖަރުން ފެންނަގޮތަށެވެ. ނަމަވެސް ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ޓެކްސީ ކުރާ ގިނަ އުޅަނދުގެ ދޮރުފަތުގެ ބިއްލޫރި ނުހުންނަ ކަން ފާހަގަކޮށް، ޓްރާންސްޕޯޓް އޮތޯރިޓީއިން ވަނީ އެކަން ރަނގަޅު ކުރުމަށް ހަ މަސް ދީފައެވެ.

31 ޖަނަވަރީ 2021 އިން ފެށިގެން 06 މަސް ދުވަހުގެ ތެރޭގައި ޓެކްސީކުރާ އުޅަނދުގެ 04 ދޮރުފަތާއި ވިންޑްސްކްރީނުގެ ބިއްލޫރި އެތެރެ ފެންނަ ސާފު ބިއްލޫރިއަށް ބަދަލު ކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީއިން އެންމެ ފުރަތަމަ އެންގި ނަމަވެސް، އެ އެންގުން މިހާރު ވަނީ އަންނަ އަހަރުގެ ޖަނަވަރީ31 އަށް އިތުރުކޮށްފައެވެ.

ޓެކްސީތަކުގައި ކަޅު ބިއްލޫރި ޖެހުން މަނާ ކުރީ ޓެކްސީ އަށް އަރާ ފަސިންޖަރުންނަށް ޑްރައިވަރުންގެ ފަރާތުން އެކި ކަހަލަ ގޯނާ ކުރިމތިވާކަމުގެ ޝަކުވާ އާއެކު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް