ސަރޮގޭޓް ކޮށްގެން ދަރިއަކު ހޯދައި ތުޝާރު އެކަނިވެރި ބަފަޔަކަށްވީ ދުވަހަކުވެސް ކައިވެނި ނުކުރަން ވެގެން

ސަރޮގޭޓް ކޮށްގެން ދަރިއަކު ހޯދީ ވަރަށް ބޮޑަށް ވިސްނުމަށް ފަހު ވަކިގޮތަކަށް އަޒުމު ކަނޑައަޅައިގެން ކަމަށް ބޮލީވުޑްގައި މިހާރު ގިނައިން ހެއްވާ މަޖާ ފިލްމުތަކުން ފެންނަ ތުޝާރު ކަޕޫރު ބުނެފި އެވެ. ސަރޮގޭޓ...

02 Jun 2021 | 14:28

ސަރޮގޭޓް ކޮށްގެން ދަރިއަކު ހޯދީ ވަރަށް ބޮޑަށް ވިސްނުމަށް ފަހު ވަކިގޮތަކަށް އަޒުމު ކަނޑައަޅައިގެން ކަމަށް ބޮލީވުޑްގައި މިހާރު ގިނައިން ހެއްވާ މަޖާ ފިލްމުތަކުން ފެންނަ ތުޝާރު ކަޕޫރު ބުނެފި އެވެ.

ސަރޮގޭޓް ކޮށްގެން ތުޝާރު ހޯދި ދަރިފުޅު ލަކްޝަޔާ ކަޕޫރަށް މިމަހު ވަނީ ފަސް އަހަރު ފުރިފަ އެވެ. ސަރޮގޭޓު ކުރުމަކީ ދެމަފިރިކަމުގެ ގުޅުން ނުހިންގާ އެހެން އަންހެނެއްގެ އެހީގައި ކުދިން ހޯދުމެވެ.

ތުޝާރުގެ ދަރިފުޅަށް ފަސް އަހަރު ފުރުމާއި ދިމާކޮށް ނޫހަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ އެކަނި ބަފަޔަކަށް ވެގެން ދަރިއަކު ބެލުމަކީ އޭނާ ބޭނުންވާ ގޮތް ކަމަށެވެ. އަދި ދުވަހަކުވެސް ދަރިފުޅާއި އޭނާގެ ދިރިއުޅުމަށް އެހެން މީހަކު ގެންނަން ބޭނުން ނުވާ ކަމަށާއި އަދި ދަރިފުޅު އެއް ފަރާތްކޮށްފައި އެހެން ދިރިއުޅެއް ފަށަން އަންހެނަކު ހޯދަން މަސައްކަތް ނުކުރާނެ ކަމަށެވެ.

ތުޝާރު ބުނީ އޭނާ ސަރޮގަސީއަށް ދާން ނިންމީ ދަރިއަކު ހޯދުމާއި މީހަކާއި ކައިވެނި ކުރުމާއި މެދު ވަރަށް ބޮދަށް ވިސްނާ ފިކުރު ކުރުމަށް ފަހު އެވެ. އަދި ދުވަހަކުވެސް މީހަކާއި ނީންނާނެ ކަމަށް ބުންޏެވެ.

ތުޝާރަކީ ކުރީގެ މަޝްހޫރު ތަރި ޖީތެންދްރަ އާއި ޝޯބާ ކްޕޫރުގެ ދަރިއެކެވެ.

ތުޝާރު ސަރޮގޭޓްކޮށްގެން ދަރިއަކު ހޯދިކަން އިއުލާނު ކުރީ ލަކްޝަޔާގެ އުމުރުން ނުވަ ވަރަކަށް މަސްވީފަހުންނެވެ. ތުޝާރު އޭރު މީޑިއާގައި ބުނެފައިވަނީ އޭނާ ސަރޮގޭޓުކޮށްގެން ދަރިއަކު ހޯދިކަން އިއުލާނު ކުރަން ބޭނުންވިޔަސް އާންމުން ދެކޭނެ ގޮތާއި މެދު ސުވާލު އުފައްދައި އިއުލާނު ނުކުރަން މައިންބަފައިން  އެދުނީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް