އިހުމާލު ވީ ފަރާތްތަކަށް އަވަހަށް ފިޔަވަޅު އެޅުމަށް ޝެއިހް ޒައިދު ގޮވާލައްވައިފި

އިހުމާލު ވީ ފަރާތްތަކަށް އަވަހަށް ފިޔަވަޅު އެޅުމަށް ޝެއިޚް އަލީ ޒައިދު ގޮވާލައިފިއެވެ. ޝެއިހް ޒައިދު މިހެން ވިދާޅުވީ އެމްްބިއުލާންސް ދިއުން ލަސްވެގެން ކޯވިޑް ޖެހިގެން ކަރަންޓީންގައި ހުރި އުމުރުން 10 އ...

02 Jun 2021 | 12:56

އިހުމާލު ވީ ފަރާތްތަކަށް އަވަހަށް ފިޔަވަޅު އެޅުމަށް ޝެއިޚް އަލީ ޒައިދު ގޮވާލައިފިއެވެ.

ޝެއިހް ޒައިދު މިހެން ވިދާޅުވީ އެމްްބިއުލާންސް ދިއުން ލަސްވެގެން ކޯވިޑް ޖެހިގެން ކަރަންޓީންގައި ހުރި އުމުރުން 10 އަހަރުގެ ކުޑަ ކުއްޖަކު ނިޔާވި މައްސަލައިގަ ކުރެއްވި ޓުވީޓެއްގައި އެވެ. މި ހާދިސާ އާއި ގުޅިގެން އެ ކުއްޖާގެ އާއިލާގެ ކިބައިން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ.

ޝެއިހުގެ ޓުވީޓުގައި ވިދާޅުވީ އެންމެ ފުރާނައެއްވެސް އަގު ނުކުރެވޭނެ ކަމަށާއި އިހުމާލުން ފުރާނައެއް ވަކިވެގެން ދިއުމަކީ ވަރަށް ހިތްދަތި ކަމެއްކަމަށް ކަމަށެވެ. ޝެއިހް ޒައިދު ވިދާޅުވީ، މައުސޫމު ކުދިންނަށް މިފަދަ ކަމެއް ދިމާވުމަކީ ހިތުގައި އިތުރަށް ރިހުން ގެނުވާކަމެއް ކަމަށެެވެ.

އެހެންކަމުން އިހުމާލުވީ ފަރާތްތަކަށް އަވަހަށް ފިޔަވަޅު އެޅުމަށް އޭނާ ގޮވާލައްވާފައިވެއެވެ.

https://twitter.com/alizaid1000/status/1400064792103034881

ކުޅުދުއްފުއްޓަށް ނިސްބަތްވާ އެ ކުއްޖާ ނިޔާވެފައި ވަނީ ރޭ 12:10 ހާއިރު އެވެ.

މީޑިއާ ތިޕޯޓުތައް ބުނާ ގޮތުގައި، އެ ކުއްޖާގެ ހާލު ގޯސްވެގެން އާއިލާއިން އެމްބިއުލާންސަށް ގުޅި ނަމަވެސް، އެ ކުއްޖާ ބަލައި ދެވުނީ ދެ ގަޑިއިރާއި 25 މިނިޓު ފަހުންނެވެ. އެ ކުއްޖާގެ ހާލު ގޯސްވެގެން އެމްބިއުލާންސްއަށް އާއިލާގެ ފަރާތުން ގުޅާފައި ވަނީ ރޭ 9:00 ގައެވެ.

އެނގިފައިވާ ގޮތުގަ ހެލްތް މިނިސްޓަރު ނަސީމު ފޯނުން ގުޅުއްްވައި ދެއްކެވި ވާހަކައިގަ މައްސަލަ ތަހުގީގު ކުރައްވާނެ ކަމުގެ ޔަގީންކަން އާއިލާއަށް ދެއްވި އެވެ.

ކޯވިޑް-19 ޖެހިގެން ގިނަ ބަަޔަކު ނިޔާވަމުން އަންނަ އިރު، ގިނަ އާއިލާތަކަކުން ދަނީ މިފަދަ އިހުމާލުތަކުގެ މައްސަލަ ފެންމަތިކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް