ކޮވިޑްގައި މީހަކު ނިޔާވެ، އަދަދު 171އަށް

ކޮވިޑްގައި މީހަކު ނިޔާވެ، ރާއްޖެއިން މިހާތަނަށް ކޮވިޑްގައި ނިޔާވިި މީހުންގެ އަދަދު 171އަށް އަރައިފިއެވެ. އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި މިއަދު02:35 ގައި ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައ...

02 Jun 2021 | 12:14

ކޮވިޑްގައި މީހަކު ނިޔާވެ، ރާއްޖެއިން މިހާތަނަށް ކޮވިޑްގައި ނިޔާވިި މީހުންގެ އަދަދު 171އަށް އަރައިފިއެވެ.

އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި މިއަދު02:35 ގައި ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 84 އަހަރުގެ ދިވެހި އަންހެނެކެވެ.

https://twitter.com/HPA_MV/status/1400062453103284224

އިއްޔެ އެކަނިވެސް ކޮވިޑްގައި ރާއްޖެއިން އަށް މީހަކު ނިޔާވެފައި ވެއެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 171ށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 64396 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 24،109 މީހުންނަށް ދަނީ މިހާރު ފަރުވާ ދެމުންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 40،117 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް