މިޝްކާގެ މަރު: މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާ އަޑުގަދަވެފަ ވަނިކޮށް މިރޭ ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

ހެލްތް މިނިސްޓަރ އަހުމަދު ނަސީމް މިރޭ ނޫސްވެރިންނާ ބައްދަލު ކުރަން ނިންމަވައިފިއެވެ. ކޮވިޑްގައި ފަރުވާ ނުދެވި ލަސްވުމާ ގުޅިގެން 10 އަހަރުގެ ކުއްޖެއް ނިޔާވެފައި ވާއިރު، މިނިސްޓަރ ނަސީމް ވަނީ އެ ކުއްޖާގ...

02 Jun 2021 | 12:04

ހެލްތް މިނިސްޓަރ އަހުމަދު ނަސީމް މިރޭ ނޫސްވެރިންނާ ބައްދަލު ކުރަން ނިންމަވައިފިއެވެ.

ކޮވިޑްގައި ފަރުވާ ނުދެވި ލަސްވުމާ ގުޅިގެން 10 އަހަރުގެ ކުއްޖެއް ނިޔާވެފައި ވާއިރު، މިނިސްޓަރ ނަސީމް ވަނީ އެ ކުއްޖާގެ އާއިލާގެ ކިބައިން މައާފަށް އެދިވަޑައިގެންފަ އެވެ.

ބެލެވޭ ގޮތުގައި މިނިސްޓަރ ނަސީމް މިރޭ ނޫސްވެރިންނާ ބައްދަލު ކުރަނީ އެކަމާ ގުޅިގެން އެންމެ ފަހުގެ އަދާހަމަ ހިއްސާކުރާށެވެ. މިނިސްޓަރު ނޫސްވެރިންނާއި ބައްދަލު ކުރައްވާއިރު މިޝްކާގެ މަރާއި ގުޅިގެން ގިނަ ބަޔަކު ދަނީ ނަސީމްގެ އިސްތިއުފާއަށް ގޮވަމުންނެވެ.

މީޑިއާ ތިޕޯޓުތައް ބުނާ ގޮތުގައި، އެ ކުއްޖާގެ ހާލު ގޯސްވެގެން އާއިލާއިން އެމްބިއުލާންސަށް ގުޅި ނަމަވެސް، އެ ކުއްޖާ ބަލައި ދެވުނީ ދެ ގަޑިއިރާއި 25 މިނިޓު ފަހުންނެވެ.

އެ ކުއްޖާގެ ހާލު ގޯސްވެގެން އެމްބިއުލާންސްއަށް އާއިލާގެ ފަރާތުން ގުޅާފައި ވަނީ ރޭ 9:00 ގައެވެ.

އެނގިފައިވާ ގޮތުގައެލްތް މިނިސްޓަރު އަހުމަދު ނަސީމު ވަނީ ފޯނުން ގުޅުއްްވާފައި އެކަމަށް މާފަށް އެދިވަޑައިގެންފައެވެ. އަދި މައްސަލަ ތަހުގީގު ކުރައްވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވި އެވެ.

ކޯވިޑް-19 ޖެހިގެން ގިނަ ބަަޔަކު ނިޔާވަމުން އަންނަ އިރު، ގިނަ އާއިލާތަކަކުން ދަނީ މިފަދަ އިހުމާލުތަކުގެ މައްސަލަ ފެންމަތިކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް