ކޯވިޑް މެޖޭޖް ކުރުމުގައި ސަރުކާރު ފެއިލް ވެއްޖެ، ނަސީމް ވަގުތުން އިސްތިއުފާދެއްވާ: އިދިކޮޅު

ކޯވިޑް-19 ރާއްޖެއިން ކޮންޓްރޯލް ކުރުމުގައި ސަރުކާރާއި ހެލްތް މިނިސްޓަރު ފެއިލްވެފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ. އެ ކޯލިޝަނުން މިހެންް ބުނެފައިވަނީ ފަރުވާ ދިނުން ލަސްވެ...

02 Jun 2021 | 11:53

ކޯވިޑް-19 ރާއްޖެއިން ކޮންޓްރޯލް ކުރުމުގައި ސަރުކާރާއި ހެލްތް މިނިސްޓަރު ފެއިލްވެފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

އެ ކޯލިޝަނުން މިހެންް ބުނެފައިވަނީ ފަރުވާ ދިނުން ލަސްވެގެން10 އަހަރުގެ އައިޝަތު މިޝްކާ މުހައްމަދު ރޭ ކޯވިޑް ބަލީގައި ނިޔާވުމާއި ގުޅިގެން ނެރުނު ނޫސްބަޔާނުގައި އެވެ. މިޝްކާ ޕޮސިޓިވްވުމުން ގޭގައި ކަރަންޓީންގައި ހުއްޓަ ކުއްލިއަކަށް ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސަށް ގުޅުން އެގެއަށް އެމްބިއުލާންސް ދިޔައީ ދެގަޑިއިރު ފަހުން ނެވެ.

ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޯވިޑް މެނޭޖެކުރުމުގައި ސަރުކާރު ފެއިލްވެ، ހެލްތް މިނިސްޓަރާއި އެ މިނިސްޓްރީގެ ދަށުން މަސައްކަތްކުރާ މުއައްސަސާތަކުގެ އިހުމާލުން އެތައް ފުރާނައެއް މިދުނިޔެއާއި ވަކިވެގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ފުރާނައެއް ވަކިވެގެން ދިއުމުން މައާފަށް އެދި ނިންމާލުމަކީވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ބަޔާނުގައި ވެއެވެ.

އިދިކޮޅުން ބުނީ މިފަދަ މައްސަލަތައް ވީހާވެސް އަވަހަކަށް ތަހުގީގު ކޮށް ނިންމަންޖެހޭ ކަމަށެވެ. އަދި އިހުމަލުވި ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.

ކޮވިޑަށް ސަރުކާރުން މިހާތަނަށް 3.5 ބިލިއަނަށްވުރެ ގިނަ ފައިސާ ހަރަދުކޮށްފައިވީނަމަވެސް އެ ފައިސާ މިވޭތުވެދިޔަ އެއްއަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް ހޭދަކުރެވިފައި ނުވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް