އިހަވަންދޫ 'ފައްސި'ގެ އިންޖީން އަޅައި ޓެސްޓުވެސްކޮށްފި

ހއ. އިހަވަންދޫގެ އެންމެ ހަގު މަސްދޯނި “ފައްސި”ގެ އިންޖީން އަޅައި ޓެސްޓު ކޮށްފިއެވެ. 405 ހޯސްޕަވަރުގެ އިންޖީނެއް އަޅާފައިވާ މިއުޅަނދުގެ ދިގުމިނަކީ 87 ފޫޓެވެ. ފުޅާމިނުގައި 26 ފޫޓު ހުންނަ މިއުޅަނދުގެ ކޮޅ...

02 Jun 2021 | 10:10

ހއ. އިހަވަންދޫގެ އެންމެ ހަގު މަސްދޯނި “ފައްސި”ގެ އިންޖީން އަޅައި ޓެސްޓު ކޮށްފިއެވެ.

405 ހޯސްޕަވަރުގެ އިންޖީނެއް އަޅާފައިވާ މިއުޅަނދުގެ ދިގުމިނަކީ 87 ފޫޓެވެ. ފުޅާމިނުގައި 26 ފޫޓު ހުންނަ މިއުޅަނދުގެ ކޮޅުފަސްކޮޅުގެ ވޯޓާރ ލެވެލްއަކީ 4 ފޫޓެވެ.

https://twitter.com/MTCCPlc/status/1400025627483250696

'ފައްސި' އަކީ ޒަމާނީ އެންމެ ފުރިހަމަ ވަސީލަތްތަކާއެކު މަސްވެރިކަމަށް ދޮންވެ ފައްކާ ވެފައި އޮތް އިހަވަންދޫގެ އުމުރުން އެންމެ ހަގު މަސްދޯންޏެވެ.

ދިރުނބާކޮޅުގެވޯޓާރ ލެވެލް 13 ފޫޓު ހުރިއިރު މަސް ރަށްކާކުރެވޭނެގޮތަށް 19 ފަލްކާ ތައްޔާރު ކޮށްފައި ވެއެވެ. މިއިން ކޮންމެ ފަލްކާއަކަށް 6 ޓަނާ 3 ޓަނާ ދެމެދުގެ އަދަދަކަށް މަސްއެޅޭނެ ކަމަށް ‘މަސްވެރި އިހަވަންދޫ’ އޮން ލަފާކުރެއެވެ.

30 ޓަނާ 37 ޓަނާ ދެމެދުގެ އަދަދަކަށް މިއުޅަނދުގައި މަސް ރަށްކާ ކުރެވެން ހުރިއިރު މަސްފިނިކުރުމަށް ޓަކައި 30 ޓަނުގެ އައިސްމިއުޅަނދުގައި ރައްށްކާކުރެވޭނެއެވެ.

50 ފީފާގެ ތެޔޮ މިއުޅނދުގައި ރައްކާކުރެވޭނެގޮތަށް ފަރުމާކޮށްފައި ހުރިއިރު އެން އެޅުމަށް ޓަކައި 4 ފަލްކާ ތަރައްގީ ކޮށްފައި އެބަހުއްޓެވެ. 25 މީހުންގެ ޖާގައިގެ މިއުޅަނދުގައި ނިދަން 31އެނދު އަދި ތަކެތި ރަށްކާކުރަނެ 35 ކަބަޑު އެބަހުއްޓެވެ. ރަނގަޅުފެންވަރެއްގެ ބަދިގެއަކާއި ފާހާނާއެއްވެސް ހުރި މިއުޅަނދުގައި ފެންވެރުމަށާއި އެހެނިހެން ބޭނުން ތަކަށް 30 ޓަނުގެ ފެން ރަށްކާކުރެ ވޭނެކަމަށް ލަފާކުރެވެއެވެ.

މި އުޅަނދުގައި އަދި މަސްވެރިކަން ކުރަން ފަށާފައި ނުވާއިރު، މިހާރު ވަނީ އިންޖީން އަޅައި ޓެސްޓްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް