އެންމެ ކަންބޮޑުވަނީ މީހުން ފޮނުވާ މެސެޖް ލަހުން ފެނިދާނެތީ ކަމަށް އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރ، ޑރ. މުޙައްމަދު އަލީ ވިދާޅުވެއްޖެއެވެ.
އަބަދުވެސް ބަލިމީހުންނާ ވަރަށް ކައިރިން މީސްމީޑިޔާގައި ހަރަކާތްތެރިވާ އަދި ބަލިމީހުންގެ މެސެޖަތަކަށް އަވަހަށް ޖަވާބު ދެެއްވާ ޑރ. އެއްގޮތަށް ފާހަގަ ވެފައިވާ ޑރ. މުހައްމަދު އަލީ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، މެޑިކަލް އެމްޖެންސީ ސުވާލެއް ނަމަ ޓުވިޓާގައި ޑރ ޓެގް ކުރުމަށް ފަހު ސުވާލު ކުުރުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.
އައިޖީއެމްއެޗުގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރު ޑރ. މުހައްމަދު އަލީ އަލީ މަޝްހޫރު އަދި އާންމުންނަށް ސިއްހީ ގޮތުން ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދޭ އާންމުންނާއި ވަރަށް ގާތް ގުޅުމެއް ބާއްވާ ޑޮކްޓަރެކެވެ.
އިތުރަށް މައުލުމާތު ފޯރުކޮށްދީ އާންމުންނާއި ގާތް ގުޅުމެއް ބާއްވަން ޑރ. މުހައްމަދު އަލީ ފެއްޓެވީ ކޮމިއުނިޓީ ވައިބާ ގްރޫޕެއް ހިންގާށެވެ. “ޑރ. މުހައްމަދު އަލީ (އެތެރެހަށީގެ)” ނަމުގައި ހިންގާ މި ވައިބާ ގްރޫޕަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެއެވެ.
https://twitter.com/Moxamedalu/status/1399990544953090050
އާއްމުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ޑރ މުހައްމަދު އަލީ ހަދާފައިވާ ވައިބަރ ގްރޫޕްގައި މިހާރު12،522 މީހުން ތިބެއެވެ. މި ގްރޫޕް މެދުވެރިކޮށް މީހުންގެ ސުވާލުތަކަށް ޖަވާބު ދެމުން ދާއިރު، ސީދާ ޑރ އާ ވަކިން ވާހަކަ ދައްކާލަން ބޭނުން ނަމަ އެ ފުރުސަތުވެސް އޮވެއެވެ.
އޭނާ ވިދާޅުވީ ވަރަށް ކުދިކުދި ކަންކަމުގައިވެސް ބައެއް ފަހަރު އާންމުންގެ ފަރާތުން ސުވާލު އަންނާތީ މިފަދަ ގްރޫޕެއްގެ މުހިންމުކަން މުޖުތަމައަށް އޮތްކަން ގަބޫލު ކުރައްވާ ކަމަށެވެ.
ޑރ.މުހައްމަދު އަލީ އަކީ، ސޯޝަލް މީޑިއާގައި ރައްޔިތުންނާ އެންމެ ކައިރިން މަސައްކަތް ކުރައްވާ ޑޮކްޓަރުންގެ ތެރެއިން އެކަކެވެ. ޚާއްސަކޮށް ކޮވިޑްގެ އެކި ކަންކަމުގައި ރައްޔިތުންނަށް އޮޅުން އަރާ ކަންކަން ސާފުކޮށްދިނުމަށް މީސްމީޑިޔާގައި އެންމެ ހަރަކާތްތެރި ޑިކްޓަރުންގެ ތެރޭގައި ޑރ މުހައްމަދު އަލީ ހިމެނެއެވެ.
ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން ޑރ. މުހައްމަދު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިހާރު ކޯވިޑްގެ ހާލަތުގެ ކޮންޓްރޯލް އަތުން ގެއްލިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ބަލި ކޮންޓްރޯލް ކުރެވޭނީ ހާލަތުގެ ކޮންޓްރޯލް އަތުން ދޫވެއްޖެ ކަމަށް އަމިއްލައަށް ވީހާވެސް އަވަހަކަށް ގަބޫލުކޮށްގެން މަސައްކަތް ކުރުމުން ކަމަށެވެ.
ބަލި ކޮންޓްރޯލް ކުރަން ގުޅިގެން މަސައްކަތް ކުރުމުގެ ބަދަލުގައި ފެންނަނީ އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ތުހުމަތު އަޅުވަމުންދާ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.
ވޭތުވެދިޔަ ދޮޅު އަހަރުވެސް ކޯވިޑް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރީ އެއްބައެއްކަން ފާހަގަކުރައްވާ ޑރ ވިދާޅުވީ، އެ ޓީމް މިހާރު ކުރިއަށްވުރެ އެކަމަށް ފަރިތަ ކަމަށެވެ. އެހެންކަމުން ގުޅިގެން މަސައްކަތް ކޮށްފިނަމަ މިކަން ކާމިޔާބު ކުރެވޭނެ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް